ލ. ގަމުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން އެކަކުގެ ސާޖަރީއެއް ހެދުމަށް މާޅެ ގެންނަން ނިންމައިފި އެވެ.
ފުލުހުން ރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ލ. ގަން ލިންކް އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ ރޭ 19:03 ހާއިރު ފުލުހުންނަަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ
މި އެކްސިޑެންޓްގައި ސައިކަލުގައި ތިބި ދެ މީހުންނަށް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށެވެ. މިގޮތުން ސައިކަލު ދުއްވަން އިން 48 އަހަރުގެ ފިރިހެން މީހާގެ ކަނާތު ފައި ދެތަނަކުން ބިނދި، ބޯފަޅައިގެން ގޮސް އިތުރު އަނިޔާތައްވެސް ލިބުނު ކަމަށެވެ. އަދި ފަހަތުގައި އިން 44 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބޯ ދެ ތަނަކުން ފެޅި، ކަނާތު ފައި ދެ ތަނަކުން ބިނދުމާއެކު އިތުރު އަނިޔާތައްވެސް ލިބުނު ކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވަން އިން 62 އަހަރުގެ ދިވެހި ފިރިހެން މީހާއަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެކްސިޑެންޓްގައި ދެ އުޅަނދަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށެވެ.
ގަން ހޮސްޕިޓަލުގެ އޮފިޝަލަކު ”ހަފްތާ“އަށް މައުލޫމާތު ދެމުން ވިދާޅުވީ 48 އަހަރުގެ ފިރިހެން މީހާގެ ބޯ ފަޅައިގެން ގޮސް، ފައިގައި ފްރެކްޗާއެއް ހުރި ކަމަށެވެ. އެ މީހާއަށް ފަރުވާ ދިނުމަށްފަހު، ސީޓީ ސްކޭނެއް ހަދައި ސިކުނޑިއަށް އަނިޔާ ނުލިބޭކަން ކަށަވަރު ކުރުމަށް ޑިސްޗާޖު ކޮށްފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ44 އަހަރުގެ މީހާގެ ކޮނޑުހުޅުން ބިދިފައިވާތީ ސާޖަރީ ހެދުމަށް މާލެއަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ.




ގުޅުންހުރި
ހައްލު ނުލިބެނީސް، ބޮޑުކަންނެލީގެ މަސްވެރިން ތިބީ އިހުތިޖާޖު ހުއްޓާލާ ގޮތަކަށް ނޫން!
އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަން ފަށައިފި، ބޮޑު އިނާމަކަށް އެއް ލައްކަ
ބުރިޖުގެ މަރާމާތުގެ މަސައްކަތަކަށް މިރޭ 11:45 އިން ފެށިގެން އެއް ލޭނު
ސިނގިރޭޓު ވައްކަން: އާއްޓޭ އާއި ދިގަލި ހިމެނޭހެން ދިހަ މީހަކަށް ދައުވާކޮށްފި
ވައިގެމަގުން އެތެރެކުރަން އުޅުނު ދެ މިލިއަން ރުފިޔާގެ ޑްރަގު އަތުލައިގެންފި
5 މަސް ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރަށް 500 މީހުން