ސައިކަލެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރުމުން އެއީ ރައްޓެއްސަކު ދިން އެއްޗެއް ކަމަށް ބުނެ ބަންދުން ސަލާމަތްވުމަށް އެކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ބުނެފި އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ތޫނުފިލިގެ، 42 އަހަރުގެ މުހައްމަދު ޝަފީއު އެވެ.ފުލުހުން ވަނީ ހައްޔަރުކޮށް އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކޮށްފަ އެވެ.
ކޯޓުގައި ޝަފީއު ބުނީ އޭނާ ދުއްވި ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއްކަން ނޭނގޭ ކަމަށާއި އެއީ ރައްޓެއްސަކު އޭނާގެ އަތަށް ދިން ސައިކަލެއް ކަމަށެވެ. ނަމަވެސް ފުލުހުން ބުނީ ޝަފީއު އެ ބުނާ ރައްޓެއްސަކީ ކާކުކަމެއް ޝަފީއުއަށް ވެސް ނޭނގޭ ކަމަށާއި އަދި އެ ރައްޓެހި މީހާއާ ގުޅޭނެ ފޯނު ނަންބަރެއް ވެސް ޝަފީއުއަށް ނޭނގޭ ކަމަށެވެ.
ފުލުހުން ބުނީ މިދިޔަ މަހު ވެސް ވަގަށް ނެގި ސައިކަލެއްގެ މައްސަލައިގައި ޝަފީއު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޝަފީއުއާ ދެކޮޅަށް ފުލުހުން ކޮންމެވެސް ވަރަކަށް ހެކި ހުށަހަޅާފައިވާތީ އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައަށް ނުރައްކާ ވެދާނެތީ ކޯޓުން ވަނީ ޝަފީއުގެ ބަންދަށް15 ދުވަސް ޖަހައިފަ އެވެ.




2 Comments
ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި