ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް އަންނަ އޮގަސްޓު މަހުގެ ފަހުކޮޅުގެ ކުރިން ފެށޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭ ސަރަހައްދުގައި ސަރުކާރުން ޓެކްސީ ހިދުމަތް ފަށަން އެމްޓީސީސީއާ ހަވާލުކުރީ 15 ފެބްރުއަރީ 2025 ގައެވެ. ޓެކްސީ ލައިންގެ ހިދުމަތް ފެށޭނެ ކަމަށް އަމީން ފުރަތަމަ ވިދާޅުވީ، އަންނަ ޖުލައި މަހުގެ ފުރަތަމަ ހަފުތާގަ އެވެ
ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ދެއްވި އިންޓަވިޔުއެއްގައި މިނިސްޓަރު އަމީން ވިދާޅުވީ، ޓެކްސީ ލައިންގެ ހިދުމަތް ފަށާއިރު، އެކި ސައިޒުތަކުގެ ކާރު ހިމެނޭނެ ކަމަށާއި އޭގެ ތެރޭގައި މާލޭގެ ކުދިކުދި މަގުތަކަށް ވަދެވޭ ސައިޒުގެ ކާރުތައް ވެސް ހިމެނޭނެ ކަމަށެވެ.
އެ ކާރުތަކުގެ ޕްރޮޑަކްޝަން މަސައްކަތް މި މަހުގެ ދިހަ ވަނަ ދުވަހު ފެށޭނެ ކަމަށާއި މިހާރުގެ އަންދާޒާއަކީ، އަންނަ އޮގަސްޓު މަހުގެ ފަހުކޮޅުގައި އެ ހިދުމަތް ފެށުން ކަމަށް ވިދާޅުވި އެވެ.
”ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މިއީ އަޅުގަނޑުމެން ސްޓޯރަކަށް ވަދެފައި ޝެލްފަކުން ގަންނަން ލިބޭ ކަހަލަ އެއްޗިއްސެއް ނޫން. އަޅުގަނޑުމެން ބޭނުންވާ ސައިޒުގެ ޓެކްސީ އަދި ބޭނުންވާ ހުރިހާ އިކުއިޕްމަންޓުތައް ހަރުކޮށްގެން ގެންނައިރު، ބައެއް ބަދަލުތައް ވެސް އަންނާނެ، މިހާރުގެ ޓައިމްލައިން ދައްކާ ގޮތުން އޮގަސްޓު ފަހުކޮޅަށް ވުރެ ލަހެއް ނުވާނެ ޓެކްސީ ލައިން ފެށުމެއް“ މިނިސްޓަރު ވިދާޅުވިއެވެ.




2 Comments
ގުޅުންހުރި
ގާސިމުގެ ބައްޕާފުޅުގެ ހަނދާނުގައި މާމިގިލީގައި ބިނާކުރި މިސްކިތް ހުޅުވައިފި
ރޯދަމަހަކީ ކަންނެތްކަން އިހުތިޔާރުކޮށް، ޗުއްޓީ ނެގުމާއި ނިދުމުގެ މައްސަރެއް ނޫނެވެ.
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ