ޖޫން 15, 2025

ސަރުކާރުތަކުން ނަގާ ލޯނުތަކުން ރައްޔިތުންނަށް ވާ ފައިދާއެއް ނެތެކޭ ނުބުނެވޭނެ: ރައީސް ވަހީދު

ސަރުކާރުތަކުން ލޯނުތައް ނަގަނީ ރައްޔިތުންނަށް ފައިދާވާ ގޮތަކަށް ނޫނޭ އަދި އެ ލޯނުތަކުން ރައްޔިތުންނަށްވީ ފައިދާއެއް ނެތޭ ނުބުނެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބު އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

އެސްއެސްޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދައްޗަކީ ބޭރުގެ ފަރާތްތަކަށް ދައްކަންޖެހޭ ދަރަނި ބޮޑުވުން ކަމަށެވެ. ނަމަވެސް އެއީ ރައީސް މުއިއްޒު ވެރިކަމަށް އައުމަށްފަހު ދިމާވި ކަމެއް ނޫން ކަމަށާއި އެއީ ކުއްލިއަކަށް ވެފައި ހުރި ކަމެއްވެސް ނޫން ކަމަށް ވިދާޅުވި އެވެ.

”(ލޯނުތައް އިތުރުވުމުގެ) ޒިންމާ އުފުލުމުގައި ހަމައެކަނި އެންމެ މީހެއްގެ ބޮލަށް އެ ޖެހުމަކީވެސް އެއީ އެންމެ ރަނގަޅު ގޮތެއް ނޫން. އަޅުގަނޑުގެ ޒިންމާއެއްވެސް އޭގައި އެބަ އޮތް،“ ރައީސް ވަހީދު ވިދާޅުވި އެވެ.

އެގޮތުން ރައީސް ވަހީދު ފާހަގަކުރެއްވީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބޮޑެތި ލޯނުތަކެއް ނަންގަވައިގެން ހުޅުމާލޭގެ ހައުސިން މަޝްރޫއުތައް ހިންގެވުމާއި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިނަމާލެ ބްރިޖަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީއަށް ނެގި ބައިވަރު ލޯނުތަކަށެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެ ހުރިހާ ލޯނެއްވެސް ސަރުކާރުތަކުން ނަގާފައިވަނީ ރައްޔިތުންގެ އިހުސާސްތައް ދަނެގެން ކަމަށެވެ. އެހެންކަމުން ދެން އެ ލޯނުތައް ދެއްކުމުގައިވެސް ރައްޔިތުން ވީވަރަކުން ސަރުކާރަށް އެއްބާރުލުން ދޭންވާނެ ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.

”މި ހުރިހާ ލޯނުތައް ނެގިފައި މިހުރީ ރައްޔިތުންނަށް ފައިދާވާ ގޮތަކަށް ނޫނޭ، އެއީ ރައްޔިތުންނަށް އޭގެ ސަބަބުން ވީކޮން ފައިދާއެއްހޭ ބުނާނެ ތަނެއް އޮތް ކަމަކަށް ގަބޫލެއް ނުކުރަން،“ ރައީސް ވަހީދު ވިދާޅުވި އެވެ.

5 Comments

  • Dhuā ޖޫން 11, 2025

    5% genume niliyeyheh 🙄 95% thafirin hirah laneee

  • Naila Hussain ޖޫން 11, 2025

    Kaah kaah

  • Ibrahim Solihu ޖޫން 11, 2025

    Vagu kaalhu vaheed

  • Ibrahim Adam ޖޫން 12, 2025

    Mihaarutheenee rayyithunnah faidhaakohdheynvadhe

  • އަޙުމަދު ޢާދިލް ޖޫން 12, 2025

    Bodethin anbondi ah vadhey faisaaaagandu

Leave a Reply to Ibrahim Solihu Cancel reply