ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ރާއްޖެ ވަޑައިގެންފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނަޝީދު އާއި ފައްޔާޒު ރޭގެ ވަގުތެއްގައާއި މިއަދު ވެސް ވަނީ ބައްދަލު ކުރައްވައިފަ އެވެ. މިއަދުގެ ބައްދަލުކުރެއްވުން އޮތީ ގ. ބޮޑުފެންވަޅުގޭގަ އެވެ. އެއީ ޑިމޮކްރެޓްސް ހިންގާ ތަނެވެ.
ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނަޝީދާއި ޑިމޮކްރެޓުންގެ މެންބަރުން ދެއްވި މެންދުރު ކެއުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
”ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ކުރިއަށް ކުރާން ހުރި މަސައްކަތާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ހިޔާލު ބަަދަލުކޮށްލެވިއްޖެ. ގައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން،“ ފައްޔާޒު ވިދާޅުވެފައިވެ އެވެ.
އެ ބައްދަލުކުރެއްވުމުގައި ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒް ފަހުމީ (އިންތި) އާއި ޑިމޮކްރެޓްސްގެ ކުރީގެ ރައީސްކަމުގައި ހުންނެވުމަށްފަހު މި އަހަރުގެ ކުރީކޮޅު އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންނެވި ހަސަން ލަތީފު އާއި ދަ ޑިމޮކްރެޓްސްގެ ކުރީގެ ކައުންސިލް މެންބަރު، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ނަޝީދު ފާޅުކުރެއްވީ މި މަހުގެ ކުރީކޮޅެވެ. އަދި އެ މަނިކުފާނު ވަނީ އެކަމާ ދޭތެރޭ އެމްޑީޕީގެ އިސް މެންބަރުންގެ ހިޔާލަށް އެދިވަޑައިގެންފަ އެވެ.




2 Comments
ގުޅުންހުރި
ކަނޑޫމާ ތިލަ ކައިރިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
ދިވެހިބަހުގެ ފޮތްތައް ލިޔާ ފަރާތްތަކަށް ފޮތް ޗާޕުކުރުމުގައި ހާއްސަ ގޮތްތަކެއް ހަމަޖައްސައިދެނީ
ސްޓެލްކޯގެ ހިދުމަތްތަކާމެދު ދެކެނީ ކިހިނެތް؟ ރަނގަޅުކޮށްލަން ކަމެއް އޮތްނަމަ ހިއްސާކޮށްލާ
އެސްޓީއޯއަށް 61 އަހަރު: ހާއްސަ އިނާމުތަކެއް ލިބުމުގެ ފުރުސަތު!
ހުޅުމާލެ ފޭސް 3 އިން ގޯތި ލިބިފައިވާ މީހުންގެ ގުރުއަތުލުން ފަށައިފި
އާޒިމް, ރައީސް މުއިއްޒަށް: އޮޅުވާލަން ނޫޅުއްވާ, ވައުދުވި ދެ ލައްކަ ކޭޝް