އިދިކޮޅު މައި ސިޔާސީ ޕާޓީ، އެމްޑީޕީގެ އެތެރެ ހަލަބޮލިކުރަން ފަސް ވަނި ފޮނުވާފައިވާނެ ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ގުރައިދޫ މަރުކަޒަށް ވަންނަން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އަށް ހެލްތު މިނިސްޓްރީން ހުއްދަ ނުދިން ކަމަށް ބުނެ ހުށަހެޅި އިމްތިޔާޒުގެ މައްސަލައަށް ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ އެމްޑީޕީއަށް އެނގޭނީ މޮޅު ވާހަކަދައްކަން އެކަނި ކަމަށެވެ.
އެގޮތުން މިހާރު އެ ޕާޓީ ރޫޅާ ރާވަން މަސައްކަތް ކުރަމުން ގެންދާ ކަމަށާއި ރޭވި ނަމަވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީއަށް އެއްކޮށް ގެއްލުވާލާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.
”ވެރިކަން ކުރި އެ ޕާޓީގެ ކުރީގެ ރައީސް ނަޝީދު ފުރަތަމަ ވިދާޅުވީ ރޫޅާލާނަމޭ. ތެދެއް ރޫޅާލި 2023ގައި. ރޫޅާލި. ހަމަ ރޫޅާލި. ރައީސް ނަޝީދު ވިދާޅުވީ ރޫޅާލާނަމޭ 2023 ގައި ރޫޅާލާފައި އެއްލާލީ. މިހާރު ރާވަން އެ ވަޑައިގަތީ. އަނެއްކާ ރާވާނެ. އަޅުގަނޑުމެން ތިބޭނެ ފަސް ފަނި ފޮނުވާފަ އެމްޑީޕީއަށް މިހާރު. ފަސް ފަނި. މި އަންނަ ލޯކަލް ކައުންސިލް އެއްކޮށް ގެއްލުވާލާނަން އެމްޑީޕީއަށް. އެއްކޮށް ގެއްލުވާލާނަން،“ ފަލާހު ވިދާޅުވި އެވެ.




48 Comments
ގުޅުންހުރި
ނަޝީދު، ސަރުކާރަށް: ހިޔާލުފާޅުކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތްތައް ހުއްޓާލާ!
މީހެއްގެ ”މަހާއި ކައްޓާ“ ކައިގެން އިންތިހާބު ކާމިޔާބުކުރާކަށް ބޭނުމެއް ނޫން: މޭޔަރު
އެމްޑީޕީއަށް ކައުންސިލު އިންތިހާބު ކާމިޔާބުކޮށްދިނުމަށް ހުރިހާ އެއްބާރުލުމެއް ދޭނަން: ނަޝީދު
އަޅުގަނޑަކީ މީހެއްގެ ނުފޫޒެއްގައި ޖެހޭނެ މީހެއް ނޫން: ގަޕޯ
އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމަށް ގަޕޯ އިންތިހާބުކޮށްފި
ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކުގެ ލިސްޓުން އަދާލަތު ޕާޓީ އުނިވެއްޖެ