ގިނަ އަދަދެއްގެ ދިވެހިން އިންވެސްޓް ކުރަމުންދާ ޖެމްކިޔުއިން ފައިސާ ނުލިބި ހުއްޓިއްޖެ އެވެ.
ޖެމްކިޔުއިން ފައިސާ ލިބުން ހުއްޓިފައިމިވަނީ ފުލުހުން އެއީ ޕިރަމިޑް ސްކީމެއް ކަމަށް ބުނެ އެ ސްކީމުގެ މައްސަލަ ތަހުގީގު ކުރަން ފަށާފައި ވަނިކޮށެވެ. ޖެމްކިޔު ބޭނުން ކުރާ ދިވެހިންގެ އަދަދު 50،000 އަރަ އެވެ.
ޓެލެގްރާމުގައި ހިންގަމުން އަންނަ ޖެމްކިޔުގެ އޮފިޝަލް ގްރޫޕުގައި އެ ސްކީމަށް އިންވެސްޓްކުރި މީހުން ދަނީ ފައިސާ ނުނެގޭ ކަމުގެ ޝަކުވާ ކުރަމުންނެވެ. އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު ބައެއް މީހުން ބުނަނީ އެޑްމިން ”ފިލައިފި“ ކަމަށެވެ.
އަދި ޖެމްކިޔުގެ ކަސްޓަމާ ސާވިސަސްއިން މިހާރު ޖަވާބު ދެމުންނުދާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
މި މައްސަލަ ޖެހުމުގެ ކުރިން ޖެމްކިޔުއިން ވަނީ އެކައުންޓަށް އަޅާ ފައިސާގެ 100 އަށްވުރެ ވެސް ގިނައިން ބޯނަސް ލިބޭ ބޮޑު ޕްރޮމޯޝަންއެއް ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮމޯޝަންގައި ޖެހި ގިނައަދަދެއްގެ ބަޔަކު ވަނީ ބޮޑަތި އަދަދުތަކުން ޖެމްސީ އެކައުންޓުތަކަށް ފައިސާ އަޅާފަ އެވެ.




2 Comments
ގުޅުންހުރި
ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި
ވެލެންސިއާ ރެލިގޭޓުކޮށްލުމަށް، ގްރީނުން މެޗު ފިކްސިންގެ އަމަލު ހިންގިކަމުގެ ތުހުމަތު
ފިރިމީހާ ނުވަތަ އަނބިމީހާގެ ގޯއްޗެއް އޮތަސް، ގޯތި ލިބޭ ގޮތް ހަދަނީ
މޮރިޝަސްއަށް އިބޫ ފޮނުއްވި ސިޓީ އަނބުރާ ގެންނަނީ
ދިހަ ރިސޯޓެއްގެ ހިއްސާދާރުންނަށް ރައްޔިތުން، ކޮންމެ ރައްޔިތަކަށް 400 ޑޮލަރު!
މާލޭ ހިޔާ ފްލެޓުން މީހަކު ވެއްޓި އަނިޔާވެގެން ފަރުވާދެނީ