ބްރެޒިލްގެ ޖަލެއްގައި ބަންދުކޮށްފައި ހުރި ގައިދީއަކު ޖަލުން ފިލަންވެގެން ފާރުގައި ހެދި ބާގަނޑުގެ ތެރޭގައި ތާށިވެއްޖެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބްރެޒިލްގެ ރިއޯ ބްރެންކޯ ސިޓީގައި ހުންނަ ޖަލެއްގައި ބަންދުކޮށްފައި ހުރި އުމުރުން 32 އަހަރުގެ އެލަން ލިއެންޑްރޯ ޑި ސިލްވާ އެ ބާގަނޑު ހެދީ ދެ ދުވަސް ތެރޭގަ އެވެ.
އެކަމަށް އޭނާ ބޭނުންކުރީ ފިހިގަނޑަކާއި މޮހޮރެއް ކަމަށް އޭނާއާ ހަވާލާދީ ފަޔާ ޑިޕާޓްމަންޓްގެ ތަރުޖަމާން މީޑިއާތަކަށް ބުނެފައިވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މިދިޔަ ހޯމަ ދުވަހު ހިނގި އެ ހާދިސާގައި އެލަން ފާރު ތެރޭގައި ތާށިވެފައި ހުރިކަން ޖަލުގެ ގާޑުންނަށް އެނގުނީ ޕެޓްރޯލް ކުރުމުގެ ތެރޭގަ އެވެ. އޭނާ އެތަނުން ސަލާމަތްކުރީ ފަޔާ ފައިޓަރުން އައިސްގެން ފާރު އިތުރަށް ތޮރުފައިގެންނެވެ.

7 Comments
ގުޅުންހުރި
އެމެރިކާގެ ހަމަލާގެ ސަބަބުން އެހާބޮޑު ގެއްލުމެއްނުވޭ: އިރާން
މާލޭ ގެއެއްގެ ދެވަނަ ބުރިން އަންހެނަކު ވެއްޓި ފަރުވާދެނީ
އެމެރިކާގެ އެންމެ ފަހުގެ ބޮން އަޅާ ބޯޓުތައް ގުއާމަށް ގެންގޮސްފި
ޔޯގާ ދުވަސް ރާއްޖޭގައި ފާހަގަކުރީ ރިސޯޓެއްގައި، 500 އަށްވުރެ ގިނަ މީހުން
ނަތަންޔާހޫގެ ޔަހޫދީ ވިސްނުމަކީ މުޅި ދުނިޔެ ބޮޑު މުސީބާތެއްގެ ތެރެއަށް ވައްޓާލުން:
ޗަމްޕާ އާއިލާ އިން ދިއްފުއްޓަށް ކުނި މެނޭޖުކުރާ މެޝިނަރީޒް ހަދިޔާކޮށްފި