ނޮވެމްބަރ 28, 2025

އުޅަނދުތަކަށް އިތުރު އިންޝުއަރެންސެއް ތައާރަފު ކުރަން މަސައްކަތް ކުރަނީ

އެއްގަމު އިންޖީނުލީ އުޅަނދުތަކަށް އިތުރު އިންޝުއަރެންސެއް ތައާރަފު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

އުޅަނދުތަކުން މިހާރު ނަގަނީ އުޅަނދު ވަގަށް ނެގުމާއި ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ތާޑް ޕާޓީ ވެހިކަލް އިންޝުއަރެންސްއެކެވެ.

ޕީއެސްއެމްގެ ދިވެހި ރާއްޖޭގެ އަޑުން ގެނެސްދޭ ”އަހާށޭ ބުނާނަން“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ މިހާރު ތައާރަފުކުރުމަށް މަސައްކަތް ކުރަމުންދަނީ ކޮމްޕްރެހެންސިވް އިންޝުއަރެންސް ސްކީމެއް ކަމަށެވެ.

އަމީން ވިދާޅުވީ އިތުރު އިންޝުއަރެންސް ސްކީމެއް ތައާރަފުކުރަނީ އެކްސިޑެންޓުގައި އުޅަނދަށް ލިބޭ ގެއްލުންތަކާއި އުޅަނދު ވަގަށް ނެގުމުން ލިބޭ ގެއްލުންތަކަށް ބަދަލު ނުލިބުމުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.

ގާނޫނު މިހާރު އޮތް ގޮތުން ވެސް ތާޑް ޕާޓީ އިންޝުއަރެންސް އޮތުން  ލާޒިމް ކަމަށާއި ނަމަވެސް ތާޑް ޕާޓީ އިންޝުއަރެންސް އަކީ ވެހިކަލް ވަގަށް ނަގައިގެން ނޫނީ އެހެން ގޮތަކަށް ބަދަލު ދިނުން ނޫން ކަމަށް އަމީން ފާހަގަކުރެއްވި އެވެ.

”އެހެން ނަމަވެސް މިހާރު އޮތް ގާނޫނުގެ ދަށުން ވެސް ތާޑް ޕާޓީ އިންޝުއަރެންސާ އެކު ކޮމްޕްރެހެންސިވް އިތުރު އިންޝުއަރެންސެއް [ތައާރަފު ކުރުމަށް] އިންޝުއަރެންސް ކުންފުނިތަކާ އެކު ވާހަކަ ދައްކައިގެން ތައާރަފު ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ،“ އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް 45 ނޫނީ 2 މަސް ތެރޭ އާ ކޮމްޕްރެހެންސިވް އިންޝުއަރެންސް ޕެކޭޖެއް ތައާރަފު ކުރެވިގެންދާނެ ކަމަށެވެ.

 

2 Comments

  • Ammaday Antonio Valencia ޖޫން 22, 2025

    Abadhuves laari negeyne kommes molhu gotheh hedhytho komme bayakuves ulheny.
    ROAD WORTHY kiyaafaves laari nagany..suvaalaky furathama ROAD othy WORTHY koh’hey vehicle dhuvvan?

  • Adam Adam Mohamed ޖޫން 22, 2025

    Eh ves gothakah zinmaa nuvaa incarence baynumeh nu

Leave a Reply to Adam Adam Mohamed Cancel reply