ޔަހޫދީ އިޒްރޭލާއި އެމެރިކާއާ ދެކޮޅަށް އީރާނުން ކުރަމުންދާ ހަނގުރާމައިގައި އެ ގައުމާ ގުޅުނުކަން ޔަމަނުން ރަސްމީކޮށް އިއުލާންކޮށްފި އެވެ.
ޔަމަނުން އެކަން ރަސްމީކޮށް އިއުލާން ކުރީ އެ ގައުމުގެ އަސްކަރީ ފައުޖުތަކުގެ ތަރުޖަމާން ބްރިގޭޑިއާ ޖެނެރަލް ޔަހްޔާ ސާރީގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓުގައި ހިއްސާކުރި ބަޔާނެއްގަ އެވެ.
”އިޒްރޭލާއި އެމެރިކާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ޔަމަނުން ރަސްމީކޮށް މި ވަންނަނީ، އަހަރެމެންގެ އިހުސާސްގައިވާ ސަރަހައްދުތަކުން ހުރިހާ ބޯޓުތައް ނެރޭ،“ ބްރިގޭޑިއާ ޖެނެރަލް ޔަހްޔާ ސާރީ ވިދާޅުވެފައިވެ އެވެ.
ބްރިގޭޑިއާ ޖެނެރަލް ޔަހްޔާ ސާރީ މިހެން ވިދާޅުވެފައި މިވަނީ، އިޒްރޭލުން ޣައްޒާ، ލުބުނާން، ސީރިއާ، އަދި އެހެން އަރަބި އަދި އިސްލާމީ ގައުމުތަކަށް އިޒްރޭލުން ދޭ ހަމަލާތައް ކުށްވެރިކޮށް ޔަމަނުގެ އަސްކަރީ ފައުޖުތަކުން އިއްޔެ ރަސްމީ ބަޔާނެއް ނެރެފައި ވަނިކޮށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އެމެރިކާގެ އެހީތެރިކަމާއި ބައިވެރިވުމާއެކު އިޒްރޭލުން ސަރަހައްދުގެ ސުލްހަ ނަގާލަމުން އަންނަ ކަމަށެވެ.




1 Comment
ގުޅުންހުރި
ރައީސް ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ނަޝީދު، ސަރުކާރަށް: ހިޔާލުފާޅުކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތްތައް ހުއްޓާލާ!
ތިން ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް، ސަމާލުވޭ!
މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި އެމްޑަބްލިޔުއެސްސީން ބައިވެރިވެއްޖެ
އޭސީ އައުޓްޑޯ ޔުނިޓެއް ވަގަށް ނެގި މީހާ ބުނީ އެއީ މީހަކު
ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ފަށަން ކަނޑު އުޅަނދުތައް ނަގަން އަންގައިފި