ތެލެސީމިއާ ކެރިއަރިން ކައިވެނިކުރުމުގެ ކުރިން ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަންޖެހޭ ގޮތަށް ގާނޫނު އިސްލާހުކުރަން އިސްލާހެއް ހުށަހަޅައިފި އެވެ.
ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ތެލެސީމިއާ ކެރިއަރުން ކައިވެނިކުރުމުގެ ކުރިން އެއްވެސް ކަހަލަ ތަމްރީނެއް ޕްރޮގްރާމެއް ފުރިހަމަކުރާކަށް ނުޖެހެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނަސީރު އެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ބަޔާންކޮށްފައިވަނީ ކައިވެނިކުރަން އެދޭ ދެ މީހުން ހުއްދައަށް އެދި ކައިވެނީގެ ރަޖިސްޓްރާރަށް ހުށަހަޅަންވާނީ ތެލަސީމިއާއަށް ޓެސްޓުކުރުމަށް ފަހު އެ ޓެސްޓުގެ ނަތީޖާއާ އެކުގައި ކަމަށެވެ.
އަދި ޓެސްޓުގެ ނަތީޖާއަށް ބަލައި އެ ދެ މީހުންނަކީ ތެލަސީމިއާ ކުދިން ލިބޭނެ މީހުންނަމަ، އެފަދަ ކައިވެންޏެއް ކޮށްދޭންވާނީ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ކަންކަން ފުރިހަމަވާ ޕްރޮގްރާމެއް ފުރިހަމަކުރުމަށް ފަހު ކަމަށާއި އެ ޕްރޮގްރާމް ފުރިހަމަކުރަންޖެހޭ މީހުންނާއި، އެ ޕްރޮގްރާމްގައި އެކުލެވޭ ބައިތައް އޭގައި ހިމަނަންޖެހޭނެ ކަމަށެވެ.
އިސްލާހުގައި އިތުރަށްވަނީ ތެލަސީމިއާ ސެންޓަރުގެ އިސްވެރިޔާއަކީ ޑިރެކްޓާ ޖެނެރަލް ކަމަށާއި، އޭނާގެ މަސްއޫލިއްޔަތުތަކާއި އައްޔަނުކުރަންޖެހޭ ގޮތް ބަޔާންކޮށްފަ އެވެ.
އެގޮތުން، ޑީޖީ އައްޔަނުކުރަން ޖެހޭނީ ފަސް އަހަރުގެ މުއްދަތަކަށް ހެލްތު މިނިސްޓަރުގެ އިރުޝާދުގެ ދަށުން ސިވިލް ސާވިސް ކޮމިޝަނުން ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.




3 Comments
ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި