ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ހާފިޒުންނަށް ދޭ އެލަވަންސް ދެގުނަކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި އެ މަނިކުފާނު ވައުދުފުޅުވެވަޑައިގެންނެވި ގޮތަށް ހާފިޒުންގެ އެލަވަންސް ބޮޑުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެގޮތުން އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެ އެލަވަންސް ދެގުނައަށް ބޮޑުކުރުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ.
”ރިޔާސީ އިންތިހާބުގައި ވައުދުވެފައިވާ ފަދައިން ހާފިޒުންނަށް ދޭ އެލަވަންސް 1 ޖުލައި 2025 އިން ފެށިގެން ދެގުނައަށް ބޮޑު ކުރުމަށް މި ހަފުތާގައި އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ނިންމާފައި.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ހާފިޒުން ތަމްރީނު ކުރުމާއި ހާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރުކުރުމަކީ ކީރިތި ގުރުއާނަށް އޮންނަ ލޯބި އިތުރުކުރުމުގައި ނުހަނު މުހިންމު ކަމެއް ކަމަށެވެ.
ހާފިޒުންނަށް ސަރުކާރުން މިހާރު މަހެއްގެ މައްޗަށް ދެނީ 2،000ރ ގެ އެލަވަންސެކެވެ.

4 Comments
ގުޅުންހުރި
މިނިވަން ދުވަސް ފާހަގަކުރަން 28 ޖުލައި ބަންދުކޮށްފި
އިޒްރޭލު އަސްކަރިއްޔާއަށް ހިތި ދުވަހެއް, ޣައްޒާގައި ސިފައިންގެ 7 މީހަކު ފިހިގެން
ޓެރަރިޒަމްގެ ބޮޑު މައްސަލައެއްގައި ތިން މީހަކަށް ދައުވާކުރަން ފޮނުވައިފި
އިންޓަނޭޝަނަލް ސެޓްފިކެޓް ހޯދާފައިވާ 35 މުވައްޒަފުންނާއެކު ސްޓެލްކޯގައި އިންހައުސް ޓްރެއިނާސް ޕޫލްއެއް
ހުޅުމާލެ ޖަލުގައި މަންޑޭ ޝަރީއަތް ނިމެންދެން ބަންދުކޮށްފި
އިރާން-އިޒްރޭލް ހަނގުރާމައަށްވުރެ ބޮޑު ގެއްލުމެއް ލިބޭނީ އެމްޑީޕީގެ ސަބަބުން: ފަލާހު