ޓެރަރިޒަމްގެ ބޮޑު މައްސަލައެއްގައި ތިން މީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ފުލުހުން ހުށަހެޅި އެ މައްސަލަ އިއްޔެ ބަލައިގެންފައިވާ ކަމަށެވެ. އަދި ދައުވާ ކުރުމާ މެދު، އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން ގޮތެއް ނިންމާނެ ކަމަށް ވިދާޅުވި އެވެ.
މިއީ ކޮން މައްސަލައެއް ކަމެއް ފުލުހުންވެސް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަކުންވެސް ނުބުނެ އެވެ.
ހައުސިން މިނިސްޓްރީގެ ކުރީގެ އިމާރާތުގައި އަލިފާން ރޯވި ހާދިސާ އަދި ޓެރަރިޒަމްގެ މައްސަލައަކާ ގުޅޭ މައުލޫމާތު ހިއްސާކުރަން މިއަދު ހަވީރު ޕްރެސް ކޮންފަރެންސެއް ބާއްވަން ފުލުހުން ތައްޔާރުވި އެވެ. އެ ޕްރެސް އެންމެ ފަހު ވަގުތު ވަނީ ކެންސަލްކޮށްފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ހިއްސާކުރަން އުޅުނު ޓެރަރިޒަމްގެ މައްސަލައަކީ ސިފައިންނާ ގުޅިގެން މިދިޔަ ރޯދަ މަހުގެ ތެރޭގައި މާލެ ސަރަހައްދުގައި ހިންގި ގައުމީ ސަލާމަތާ ގުޅޭ ކުއްލި އޮޕަރޭޝަންގެ މައުލޫމާތެވެ. އެ އޮޕަރޭޝަންގައި ތިން މީހަކު ހައްޔަރުކުރި އެވެ.
ނަމަވެސް މިއަދާ ހަމައަށްވެސް އެ އޮޕަރޭޝަންގެ އެއްވެސް މައުލޫމާތެއް ފުލުހުންނާއި ސިފައިން ހިއްސާކޮށްފައެއް ނުވެ އެވެ.




ގުޅުންހުރި
ކައުންސިލު އިންތިހާބަށް ކުރިމަތިލުމަށް އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ
ހިތަދޫގައި އުޅޭ ”އެސްކޭޕީ“ ގުރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ހައިކޯޓަށް
ފާހަގަ ޖަހަންވީ ރަނގަޅު ނަމުގައި، ރަނގަޅު ނަމަކީ އާދަމް އާޒިމް: ވާވާ
އެއާޕޯޓުން ފައިސާތަކެއް ފޭރުން: ދެ މަސް ފަހުން 8 ވަނަ މީހަކު
އެމްޑީޕީގެ މެމްބަރުން ހާލުގައި ޖައްސައި މަގުމަތިކޮށްފައި ދުވަހަކުވެސް ނުދާނަން: އާދަމް އާޒިމް
ސާފް ފުޓްސަލް މުބާރާތް: ފުރަތަމަ މެޗުގައި ރާއްޖެއަށް ބޮޑު މޮޅެއް