ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ، ސައުދީ އަރަބިއާގެ އަލް ނަސްރުގައި މަޑުކުރަން ނިންމައިފި އެވެ.
އުމުރުން 40 އަހަރުގެ ރޮނާލްޑޯ ނަސްރުއާ ގުޅުނީ 2022 ވަނަ އަހަރު އެވެ. އެ ޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓް ސީޒަން ނިމުމާ އެކު ހަމަވެފައިވާއިރު އޭނާ ވަނީ އެ ކްލަބަށް ކުޅުނު 111 މެޗުގައި 99 ގޯލު ޖަހައިފަ އެވެ.
ރޮނަލްޑޯ މިއަދު ސޯޝަލް މީޑިއާއަށް ދޫކޮށްލި ޕޯސްޓެއްގައި ބުނީ އާ ބާބެއް ފެށިއްޖެ ކަމަށެވެ.
”އާ ބާބެއް ފެށިއްޖެ. ކުރީގެ ޕެޝަން އަދި ކުރީގެ ހުވަފެން. އެކުގައި ތާރީހު ލިޔެލަން ހިނގާ،“ 2027 ޖަހާފައިވާ ޖާޒީއެއް ހިފަހައްޓައިގެން ހުރި ފޮޓޯ އަކާއެކު ރޮނާލްޑޯ ބުނެފައިވެ އެވެ.
ނަސްރުގައި އިތުރު ދެ އަހަރު މަޑުކުރަން ރޮނާލްޑޯ ނިންމި އިރު، ޗެޕްޓަރު ނިމިއްޖެ ކަމަށް ބުނެ މިދިޔަ މަހު އޭނާ ވަނީ ނަސްރު ދޫކޮށްލަން ނިންމާފައިވާކަމުގެ އިޝާރާތެއްވެސް ދީފަ އެވެ. އަދި ރޮނާލްޑޯ ކްލަބު ވޯލްޑް ކަޕުން ފެނިދާނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ދާދި ފަހުން ވަނީ ބުނެފަ އެވެ.

ގުޅުންހުރި
ރާބޮއެގެން ސައިކަލް ދުއްވަން ދަސްކޮށްދިން މީހަކަށް 40 އެތިފަހަރުން ހައްދުޖެހުމަށް ހުކުމްކޮށްފި
ޑްރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ނުދޭން ބޭރުގެ ޖަމިއްޔާތަކުން ރާއްޖެއަށް
މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ގަޑިއިރެއް ތެރޭ ކަރަންޓު ދީފި
އަންހެނުން ބިއްދޮށުގައި ކަންނޭލަކަށް ހެދިގެން އޮވެފަ، ހަވީރު ކޮފީއަށް ދިޔުމުން ލާރިއެއް
އޭޓީއެމްތައް ގިނަކުރުމުން ބޭންކަށް ވަންނަ ފައިސާ އިތުރުވެއްޖެ: ޝަރީފް
ކައުންސިލްތަކަށް ލިބޭ އާމްދަނީން ޓެކްސް ދައްކަން ޖެހޭނެ: ރައީސް