ފާއިތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ވެރިކަން ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން 300 މެންބަރުން ވަކިވެފައިވާކަން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ހިސާބުތަކުން ދައްކައިފިއެވެ.
ޕީއެންސީއާއެކު ކޯލިޝަނެއްގައި އޮތް ޕީޕީއެމް ވެސް އުވާލާފައިވަނީ މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައެވެ. މިދިޔަ ޖެނުއަރީ މަހުގެ 30 ގައި ޕީޕީއެމް އުވާލި ނަމަވެސް، އެ މުއްދަތުގެ ތެރޭގައި ޕީއެންސީއަށް މެންބަރުން އިތުރުވެފައެއް ނުވެއެވެ. އަދި އޭރު ޕީއެންސީން ވަގު ފޯމުތަކެއް ހުށަހަޅާފައިވާކަމުގެ ތުހުމަތު ވެސް ވަނީ އަމާޒުވެފައެވެ.
ޕީޕީއެމް އުވާނުލަނީސް، މިދިޔަ އަހަރުގެ ނިޔަލަށް އީސީން މީގެ ކުރިން އާންމުކުރި ހިސާބުތަކުން ދެއްކިގޮތުގައި ޕީއެންސީގައި އޭރު ތިބީ 68،968 މެންބަރުންނެވެ. އަދި އޭރު ޕީޕީއެމްގައި 12،174 މެންބަރުން ތިއްބެވެ. ނަމަވެސް އޭރު ވެސް އެންމެ މެންބަރުން ގިނަ ޕާޓީގެ ގޮތުގައި އޮތީ ޕީއެންސީއެވެ.
އީސީން މިއަދު އާންމުކުރި ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ޕީއެންސީގައި ތިބީ 68،665 މެންބަރުންނެވެ. އެހެންކަމުން އެއީ މިދިޔަ އަހަރުގެ ނިޔަލަށް ތިބި މެންބަރުންނަށްވުރެ 303 މެންބަރުން މަދު އަދަދެކެވެ.
ދެވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީއަށް ހަ މަސްދުވަހުގެ ތެރޭގައި މެންބަރުން އިތުރުވެފައިވާ އިރު، އެ ޕާޓީގައި މިހާރު ތިބީ 43،765 މެންބަރުންނެވެ. އޭގެ އިތުރުން ދެން 10،000 މެންބަރުން ހަމަވާ ޕާޓީއެއްގެ ގޮތުގައި އޮތީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އެވެ. އެ ޕާޓީގައި މިހާރު ތިބީ 13،456 މެންބަރުންނެވެ.
ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އަދަދުތައް:
- ޕީއެންސީ – 68،665 މެންބަރުން
- އެމްޑީޕީ – 43،765 މެންބަރުން
- ޖޭޕީ – 13،456 މެންބަރުން
- މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) – 9،011 މެންބަރުން
- އަދާލަތު ޕާޓީ (އޭޕީ) – 8،844 މެންބަރުން
- މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) – 5،836 މެންބަރުން
- ދަ ޑިމޮކްރެޓްސް – 3،547 މެންބަރުން
- ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) – 3،046 މެންބަރުން
- މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) – 2،272 މެންބަރުން
ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އަދަދުތަކަށް ބަދަލުތަކެއް އައިސްފައިވާ އިރު، މިދިޔަ ފެބްރުއަރީ މަހު އީސީން ވަނީ ޕާޓީތަކަށް މެންބަރުން ވެއްދޭގޮތުގެ ގަވާއިދަށް ބަދަލު ގެނެސްފައެވެ. މިހާރު ޕާޓީތަކަށް މީހުން ވެއްދުމަށް ފޯމު ހުށަހެޅެނީ އޮންލައިންކޮށް އީފާސް ބޭނުންކޮށްގެންނެވެ.




4 Comments
ގުޅުންހުރި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ދެ އިންތިހާބު އެއްކޮށްލާ ވޯޓު ހުއްޓުމަށް އެމްޑީޕީން ކޯޓަށް
ވާދަވެރިން ވެސް ގުޅެންވީ ޕީއެންސީއާ، ކާމިޔާބު ހޯދާނެ ފަޅިއަކީ މިއީ: ޝަހީމް
އެމްޑީޕީ ދެން ނަގައި ކޮޅަކަށް ނުޖެހޭނެ، ރަނގަޅު ވާނީ އާ ސިޔާސީ
ކައުންސިލުތަކުގެ ޒިންމާއަކީ ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިނުން: ހަލީމް
ރާފިއު، ވާދަވެރިންނަށް: މަގުގެ އެއްކޮޅުން އަނެއްކޮޅަށް ދުއްވާލިޔަސް، ގެނެސްދިން ތަރައްގީ އެނގޭނެ!