ސަރުކާރު ހިންގާ ޕީއެންސީން މެންބަރުން އިތުރުކުރުމުގެ ގޮތުން ވަގު ފޯމު ހުށަހެޅި ކަމުގެ ހެއްކެތް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގަށް ނޭނގި އޭނާ ޕީއެންސީއަށް ވައްދަން އެހެން ބަޔަކު ފިންގާ ޕްރިންޓު ޖަހައި ފޯމު ހުށަހެޅި މައްސަލަ އޭނާ ވަނީ ފުލުހަށް ހުށަހަޅައިފަ އެވެ.
ތޯރިގް ވަނީ ފުލުހުން އެ މައްސަލަ ބެލުމަށްފަހު ފޮނުވި ލިޔުން އެކްސްގައި ޕޯސްޓު ކުރައްވައިފަ އެވެ.
ފުލުހުންގެ އެ ލިޔުމުގައި ބަޔާންކޮށްފައި ވަނީ
ތޯރިގަށް ނޭނގި އޭނާ ޕީއެންސީއަށް ވައްދަން އެހެން ބަޔަކު ފިންގާ ޕްރިންޓު ޖަހައި ފޯމު ހުށަހެޅި މައްސަލާގައި އެ ޕާޓީ ޖޫރިމަނާކުރިކަން ފުލުހުންނަށް އަންގާފައިވާ ކަމަށާއި އެކަމަކު ފޯމުގެ މައްސަލައިގައި ޖިނާއީ ދައުވާކުރެވޭ ވަރަށް ހެކި ލިބިފައިނުވޭ ކަމަށެވެ.
ފޯމުގައި ޖަހާފައިވާ ފިންގަޕްރިންޓް ފުލުހުންގެ ޑޭޓާބޭސްގައިވާ އެއްވެސް ފިންގަޕްރިންޓަކާ ދިމާނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެހެންވެ މައްސަލަ ފައިލް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

10 Comments
ގުޅުންހުރި
ރިފްއަތު ވެސް އޭސީސީއަށް ހާޒިރުވާން އަންގައިފި
ނަތީޖާ ނެރެދިނުން ފިޔަވައި އިތުރު އެއްވެސް ކަމަކަށް ޝައުގެއް ނެތް: ރައީސް
މައިމީހާގެ ފަރާތުން ދަރިފުޅަށް ތިން ބައްޔެއް ފެތުރުން ހުއްޓުވައި ރާއްޖެ ތާރީހުގެ
އެލައިޑް ތަކާފުލްގެ ”ފަޔާ ތަކާފުލް“ މިހާރު އޮންލައިންކޮށް, އަވަހަށް އަދި ފަސޭހައިން
ޓްރަމްޕަށް އިޒްރޭލުގެ އެންމެ މަތީ ޝަރަފު ދޭން ނިންމައިފި
2026 ނިމޭއިރު ހުރިހާ ރަށެއްގެ ލެބޯޓްރީން ރަށު ފެންވަރުގެ ޓެސްޓުތައް ހެދޭނެ: