އޯގަސްޓް 21, 2025

އެންސްޕާގެ ހަރަދުގައި ތައިލެންޑުން ފަރުވާ ހޯދަން 33 މީހަކަށް އެހީ ދީފި

އެންސްޕާގެ ހަރަދުގައި ތައިލެންޑުން ފަރުވާ ހޯދަން 33 މީހަކަށް

އެހީދީފަަައިވާ ކަމަށް އާސަންދައިން ބުނެފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ”މިހާރު“ އިން ހުށަހެޅި ސުވާލުތަކަށް ދިން ޖަވާބުގައި އާސަންދައިން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތާ އެއްގޮތަށް  ޔޫއޭއީ އަދި ތައިލެންޑުން ފަރުވާ ހޯދަން އުސޫލެއް އެކުލަވާލާފައިވާ ކަމަށެވެ.

އާސަންދައިން ބުނީ މިވަގުތުވެސް ތައިލެންޑުން ދެ މީހަކު ފަރުވާ ހޯދަމުންދާއިރު އިތުރު އެހެން މީހަކު ފަރުވާއަށް ފުރަން ހަމަޖެހިފައިވާ ކަމަށެވެ.

މިއަހަރުގެ ޖެނުއަރީން ފެށިގެން މޭ މަހުގެ ނިޔަލަށް އެންސްޕާއިން ވަނީ 33 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް އާސަންދައިން ބުންޏެވެ.

އެއީ ޖުމްލަ 1.5 މިލިއަން ރުފިޔާ ކަމަށް އާސަންދައިން ބުންޏެވެ.

5 Comments

  • Ahmed Ageel ޖުލައި 6, 2025

    majlis membarunna dinee bakee dinee siyaasee meehuna

  • Ahmed Nasih ޖުލައި 6, 2025

    Thee hama hus kaleymenge auvaanun
    Ehenmeehakah nulibeyne

  • Ali Ñîhãl Ayya ޖުލައި 6, 2025

    Ziney kuraakah noontha fonuvee

  • Fathimath Binth Ibrahim ޖުލައި 6, 2025

    Sarukaruge bodunnah

  • محمد خميم ޖުލައި 9, 2025

    Bodu balaa eh kahala muasasaaeh

Leave a Reply to Fathimath Binth Ibrahim Cancel reply