ޖުލައި 13, 2025

ސަރުކާރުން ފައިސާ ނުދޭތީ ގައިދީންނަށް ދޭ ހިދުމަތުގެ ފެންވަރު ދަށްވެއްޖެ: ކަރެކްޝަންސް

ސަރުކާރުން ޖަލުތައް ބަލަހައްޓަން ފައިސާ ނުދޭ ކަމަށާއި ސަރުކާރުން ދޭންޖެހޭ 30 މިލިއަން ރުފިޔާ އަދިވެސް ވަނީ ޕެންޑިންގައި ކަމަށް މޯލްޑިވްސް ކަރެކްޝަންސް ސާވިސަސްއިން ބުނެފި އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި، ކަރެކްޝަންސް މުވައްޒަފުންގެ ކޯޕަރޭޓިވް ސޮސައިޓީ، ޕްރިސްކޯއާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕްރިސްކޯއިން ބުނީ ގައިދީންނަށާއި އޮފިސަރުންނަށް ކާން ދިނުމުގެ އިންތިޒާމުތައް ހަމަޖައްސަން ދިމާވާ އެންމެ ބޮޑު ދައްޗަކީ ފިނޭންސް މިނިސްޓްރީން ބިލުތަކަށް ފައިސާ ނުދިނުން ކަމަށެވެ. ޕްރިސްކޯއާ ކޭޓަރިން ކަންކަން ހަވާލުކުރަން ޖެހުނީ ވެސް ޖަލުތަކުގައި ތިބޭ މީހުންނަށް ގަވާއިދުން ކާން ދިނުމުގައި ދިމާވި މައްސަލަތަައް ހައްލުނުވުމުގެ ސަބަބުން ކަމަށް ޕްރިސްކޯއިން ބުންޏެވެ.

”އަނެއްކާ ޖަލު ކޮންޓްރޯލް ކުރުމަށް އެންމެ އުނދަގޫ ވާނެ ކަަމަކީ ބަނޑުހައިހޫނު ކަމާއި މި ކަހަލަ ކަންކަމުގެ ހަޅުތާލަކަށް ގޮސް ކާއެއްޗެހީގެ ޝަކުވާ ކުރުން.“ ޕްރިސްކޯއިން ބުންޏެވެ.

”މިއިން ކޮންމެ ޕާޓީއަކަށް ވެސް ދިމާވާ މައްސަލައަކީ ފައިސާގެ މައްސަލަ. ފިނޭންސް މިނިސްޓްރީން އެ މީހުންނަށް ފައިސާ، އެންމެ މަހެއްގެ ބިލެއްގެ ފައިސާ ނުލިބުނަސް ހަމަ އޮފިސަރުންނަށް ދޭން ޖެހޭ އައިޓަމްތަކަށް އެބަ އާދޭ ބަދަލު އަދި ގައިދީންނަށް ހިދުމަތް ދިނުމުގައި އެބަ ހުރި ކޮލިޓީ ދަށް ވެފައި،“

ޕްރިސްކޯއިން ބުނީ މި އަހަރުގެ ގާތްގަނޑަކަށް އޭޕްރިލް މަހާ ހަމައަށް އައި އިރުގައި އެއްވެސް ފައިސާއެއް ސަރުކާރުން ދީފައިނުވާ ކަމަށެވެ.

ޕްރިސްކޯއިން ބުނީ ގަވާއިދުން ގަޑިންގަޑިއަށް ކާން ނުދެވުމަކީ ޖަލުގެ ސަލާމަތާއި ރައްކާތެރިކަމާއި މަސްލަހަތާ ސީދާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި މިއީ، ކަރެކްޝަނުން ކޯޓާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ޖަވާބުދާރީވާން ޖެހޭ ކަންކަން ކަމަށެވެ.

5 Comments

  • Nasiha Moosa ޖުލައި 8, 2025

    ގައިދީން އަނަރޫފަ ކުރަން ނުބައިތިއްބައި ދޫކުރަންވީ އެއިރުން ހަރަދު ކުރާކަށް ނުޖެހޭނެ

  • Nasiha Moosa ޖުލައި 8, 2025

    މިސަރުކާރުން ބަޖެޓަށް މިހާދާ ގޮތެއް ރައްޔަތުން އަހަންޖެހޭ ވަގުތު އަދިވެސް ނުޖެހިގެންތަ މިތިބެނީ

  • Shameen Jihad ޖުލައި 9, 2025

    🤔ބަލަގަ ތިއީ ކަމެއްނުކޮށް ހުސްހައްޓާ ތިއްބާގެނެސް ތިތަނަށް ވައްދާފަތިބި ބައެއްތަ؟
    އަހަރުމެން ރައްޔަތުންގެ ކަމެއް ނުކުރިޔަސް ބަލަނީ އެބައިމީހުންނަށް!
    **ގައިދީންނަށްދޭ ހިދުމަތުގެ ފެންވަރޯ!..😶

  • Afiya Ahmed ޖުލައި 9, 2025

    އެމީހުންނަށް ޚަރަދުކުރަންވީ އެމީހުންލައްވާ މަސައްކަތް ކުރުވައިގެން ލިބޭފައިސާއިން. އަދި އެފައިސާގެ ކޮންމެވެސް މިންވަރެއް އާއިލާތަކަށްވެސް ފޯރުކޮށްދޭންވީ.

  • Saadhimaa Anees ޖުލައި 9, 2025

    Gaidheen kiyanee konmevex kameh vegeneh nun.. dhen emeehun AC dhashuga nindhavaafa.. emeehunnah bedroom foaru kohdheefa.. balaayeh nun dhen🙄

Leave a Reply to Shameen Jihad Cancel reply