ޑޮލަރުގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ތިރިނުވެ ޑޮލަރެއްގެ އަގު 20 އަރައިފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ކަނޑައަޅާފައިވާ ޑޮލަރުގެ ރަސްމީ ރޭޓަކީ 15.22 ރުފިޔާ އެވެ. ނަމަވެސް އެ ރޭޓަށް ވިޔަފާރިވެރިންނާއި އާންމުން ޑޮލަރު ގަންނަން ބޭނުންވާ ވަރަށް ޑޮލަރު ނުލިބުމުގެ ސަބަބުން ގަންނަން ޖެހެނީ ކަޅު ބާޒާރުންނެވެ.
ކަޅު ބާޒާރުގައި މިއަދު ޑޮލަރެއްގެ އަގު ހުރީ 20 ރުފިޔާއަށެވެ.
ޑޮލަރެއްގެ އަގު 19 ރުފިޔާއަށް ވުރެ މަތީގައި ހުންނަތާ މިހާރު މަހެއްހާ ދުވަސްވެއްޖެ އެވެ.
މިދިޔަ މަހު ފަހުކޮޅު ވެސް ޑޮލަރެއްގެ އަގު ހުރީ 19.50 ރުފިޔާއާއި 19 ރުފިޔާއާ ދެމެދުގައެވެ. އަދި، އޭގެ ފަހުން މި މަހު ޑޮލަރެއްގެ އަގު ވަނީ 19.50 ރުފިޔާއާއި 19.80 ރުފިޔާއާ ހަމައަށް އުފުލިފައެވެ.




4 Comments
ގުޅުންހުރި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި