އއ. މާޅޮހުގެ ގެއެއްގެ ތެރޭގައި ނިދާފައި އޮތް އުމުރުން ދުވަސްވީ މީހަކަށް ހަމަލާ ދިނުމުގެ ސަބަބުން މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އިން މިއަދު ބުނީ، އެ މީހާއަށް ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުންދާ ކަމުގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 1:50 އެހާކަންހާއިރު ކަމަށެވެ.
ނަމަވެސް އެ މީހާއަށް ފަރުވާ ދެމުން ދަނިކޮށް ފަތިހުގެ ވަގުތެއްގައި މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ހަމަލާގައި މަރުވެފައިވަނީ މާޅޮސް/ އޯކިޑްމާގެ، އަބްދުލް ރަހުމާން އާދަމް، 65އ. އެވެ. އޭނާއަށް ހަމަލާ ދިނީ ކޮންބައެއް ކަމެއް، ކީއްވެ ކަމެއް އަދި ނޭނގެ އެވެ.
ނަމަވެސް އޭނާގެ މަރުގެ ތަހުގީގަށް މާލެއިން ޓީމެއް މާޅޮހަށް ދިއުމަށް ދަތުރު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.



