ޒަހަމްކޮށްލާފައި އޮތް އުމުރުން ދުވަސްވީ މީހަކަށް ފަރުވާ ދެނިކޮށް މަރުވެއްޖެ އެވެ.
މަރުވެފައިވަނީ އއ. މާޅޮސް، އޯކިޑުމާގޭ، އަބްދުއް ރަހްމާން އާދަމް، 65 އެވެ.
ފުލުހުން މިއަދު ބުނީ މާޅޮހު ގެއެއްގެ ތެރޭގައި ނިދާފައި އޮތް އެ މީހާ ރޭ ދަންވަރު ސިއްހީ މަރުކަޒަށް ގެންދިޔައީ ދީފައިވާ ބޮޑެތި ޒަހަމްތަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އޭނާ މަރުވީ ފަރުވާ ދެމުންދަނިކޮށް ފަތިހުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.
”އއ. މާޅޮސް ގެއެއްގައި ނިދާފައި އޮތް މީހަކަށް ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންދެވި ފަރުވާ ދެމުންދާ ކަމުގެ މައުލޫމާތު ރޭ ދަންވަރު 01:50 ގައި ފުލުހުންނަށް ލިބުނު. އެ މިހާއަށް ފަރުވާ ދެމުންދަނިކޮށް ފަތިހުގެ ވަގުތެއްގައި ވަނީ ނިޔާވެފައި،“ ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ މައްސަލައިގެ ތަހުގީގަށް މާލެއިން ޓީމެއް އެ ރަށަށް ދަތުރުކުރަމުންދާ ކަމަށެވެ.




ގުޅުންހުރި
ރޯދަމަހަކީ ކަންނެތްކަން އިހުތިޔާރުކޮށް، ޗުއްޓީ ނެގުމާއި ނިދުމުގެ މައްސަރެއް ނޫނެވެ.
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް