އއ. މާޅޮހުގައި ހަމަލާދީ, އެ ރަށު އޯކިޑްމާގޭ, އަބްދުއްރަހުމާން އާދަމް މަރާލީ ބޮލަށް ހަމަލާދީގެން ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
އަބްދުއްރަހުމާން އާދަމް މަރުވީ ގޭގައި ނިދާފައި އޮއްވައި ޒަހަމްތަކަކާއެކު ފެނިގެން ރޭ ދަންވަރު އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަބްދުއްރަހުމާން އާއެކު ގޭގައި އުޅެނީ އޭނާގެ އަންހެނުން އެކަންޏެވެ. އަބްދުއްރަހުމާނަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮތްތަން ފެނިގެން އެކަން ސިއްހީ މަރުކަޒަށް އެންގީ އޭނާގެ އަންހެނުންނެވެ. އެކަން ފުލުހުންނަށް ރިޕޯޓް ކުރީ ރޭ ދަންވަރު 1:50ގައެވެ.
މާޅޮހުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެ ހަމަލާގައި އަބްދުއްރަހުމާނުގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެ އެވެ. އެގޮތުން އޭނާގެ ސިކުނޑީގެ ބައެއް ފެންނާން އޮތް ކަމަށާއި އެނދުމަތީގައި ގިނަ އަދަދެއްގެ ލޭވެސް ހުރި ކަމަށްވެ އެވެ.
މި މަރާ ގުޅިގެން ފުލުހުންގެ ހާއްސަ ޓީމެއް މާޅޮހުގައި ހަރަކާތްތެރިވަމުން އަންނައިރު އެ ރަށުން ހުއްދަ ނެތި އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.

3 Comments
ގުޅުންހުރި
ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ ފުރަތަމަ ފަހަރަށް އާންމުކޮށްފި
ކޯޓުން ހުކުމްކުރުމުން ވެސް ޕީއެސްއެމުން ރިޔާސީ އިންތިހާބުގެ ކަވަރޭޖް ސޮޕްޓްވެއާގެ ފައިސާ
އެމްޑީޕީން ބާއްވަން އުޅުނު ދުވުމަށް ސެންޓްރަލް ޕާކު ނުދިނުމުން މަޖީދީ މަގުގައި
އޭވިއޭޝަން ސެކިއުރިޓީ އޮފިސަރުންގެ މަސައްކަތު ވަގުތު ހަ ގަޑިއިރަށް ކުޑަކޮށްފި
ގެއްލުނު ޒުވާނާ އަދިވެސް ނުފެނޭ
އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ކުރީގެ ހުރިހާ ރައީސުންނަށް ދައުވަތު އަރުވަނީ