މާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަރުވެފައިވަނީ މަޝްހޫރު ދިވެހި ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ)ގެ ދަރިފުޅުކަން ޔަގީންވެއްޖެ އެވެ.
އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ މާފަންނު ބަސް ޓާމިނަލް ކުރިމަތީގައި އޮންނަ ކަފިހި ހުރަހުން މީހަކު ހުރަސް ކުރަނިކޮށް ސައިކަލުން އައިސް އޭނާގެ ގައިގައި ޖެހުމުންނެވެ. ސައިކަލު ދުއްވާފައި އައި ބާރުމިނުގެ ސަބަބުން މަގު ހުރަސްކުރި މީހާގެ ގައިގައި ޖެހި، އޭނާ ވިއްސައިގެން ދިޔައިރު ސައިކަލު ގޮސް ޖެހުނީ ލޮރީއެއްގެ ކުރިމައްޗަށެވެ.
އެނގިފައިވާ ގޮތުގައި އަލްސަން އިނީ އެކްސިޑެންޓުވި ސައިކަލުގަ އެވެ. އެ ސައިކަލުގައި ދެން އިނީ 16 އަހަރުގެ ކުއްޖެކެވެ. އެ ކުއްޖާ އާއި އެކްސިޑެންޓުގައި ދެން އަނިޔާވީ އުމުރުން 40 އަހަރުގެ މީހާގެ ހާލުވެސް ސީރިއަސް ކަމަށް ފުލުހުން ބުނެ އެވެ.

18 Comments
ގުޅުންހުރި
ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ ފުރަތަމަ ފަހަރަށް އާންމުކޮށްފި
ކޯޓުން ހުކުމްކުރުމުން ވެސް ޕީއެސްއެމުން ރިޔާސީ އިންތިހާބުގެ ކަވަރޭޖް ސޮޕްޓްވެއާގެ ފައިސާ
އެމްޑީޕީން ބާއްވަން އުޅުނު ދުވުމަށް ސެންޓްރަލް ޕާކު ނުދިނުމުން މަޖީދީ މަގުގައި
އޭވިއޭޝަން ސެކިއުރިޓީ އޮފިސަރުންގެ މަސައްކަތު ވަގުތު ހަ ގަޑިއިރަށް ކުޑަކޮށްފި
ގެއްލުނު ޒުވާނާ އަދިވެސް ނުފެނޭ
އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ކުރީގެ ހުރިހާ ރައީސުންނަށް ދައުވަތު އަރުވަނީ