މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި، ދުވަން ނުކުމެ އުޅުނު މީހާއަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރަށް ލައިގެން އައިސީޔޫގައި ކަމަށް އައިޖީއެމްއެޗް އިން ބުނެފި އެވެ.
ބޮޑުތަކުރުފާނު މަގު މާފަންނު ބަސް ޓާމިނަލް ކައިރީ އޮންނަ ޒިބްރާ ކްރޮސް އިން ހުރަސް ކުރަން މަސައްކަތް ކުރަނިކޮށް ސައިކަލަކުން ޖެހި އަނިޔާވީ ބ. ތުޅާދޫއަށް ނިސްބަތްވާ އިބްރާހިމް ސިރާޖް، 40، އަށެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ސިރާޖުގެ ބޯ ފެޅުމުގެ އިތުރުން މޫނުގެ ބައެއް ކަށިތަކާއި ބައެއް މޭކަށިތައް ވަނީ ބިނދިފަ އެވެ. އޭނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެ އެވެ.
ސިރާޖުގެ ގައިގައި ޖެހުނު ސައިކަލު ދުއްވަން އިން ޔޫސުފް އަލްސަން މުހައްމަދު، 17، ވަނީ ރޭ ނިޔާވެފަ އެވެ. އެ ސައިކަލުގެ ފަހަތުގައި އިން އުމުރުން 16 އަހަރުގެ ކުއްޖާއަށް މިވަގުތު ފަރުވާދެނީ އައިޖީއެމްއެޗުގެ ވޯޑެއްގައި ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.




1 Comment
ގުޅުންހުރި
އީރާނުގައި ދިރިއުޅޭ ޗައިނާގެ ރައްޔިތުން އެ ޤައުމުން ފޭބުމަށް ޗައިނާ ސަރުކާރުން
ޗާގޯސް ހޯދަން މަސައްކަތް ފެށުމުން ރާއްޖެއާއެކު އޮތް ހާރިޖީ ގުޅުން ސަސްޕެންޑުކުރަން
މާރިޗު މަހު ވާރޭވެހޭ މިންވަރު މަދުވެ، އާންމު މިންވަރަށްވުރެ ހޫނުވާނެ!
ގާސިމުގެ ބައްޕާފުޅުގެ ހަނދާނުގައި މާމިގިލީގައި ބިނާކުރި މިސްކިތް ހުޅުވައިފި
ރޯދަމަހަކީ ކަންނެތްކަން އިހުތިޔާރުކޮށް، ޗުއްޓީ ނެގުމާއި ނިދުމުގެ މައްސަރެއް ނޫނެވެ.
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ