މިނިވަން ރިޔާސީ އިންތިހާބެއްގައި އެ މަނިކުފާނާ ވާދަކުރަން ކެރޭވަރުގެ ސިޔާސީ ލީޑަރެއް ރާއްޖޭގައި ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވިދާޅުވެއްޖެ އެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓު (ޕީއެންއެފް) ގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، ސިޔާސީ ލީޑަރުން ބޭނުންވަނީ އެ މަނިކުފާނު ޖަލުގައި ބާއްވައިގެން ރިޔާސީ އިންތިހާބު ބާއްވަން ކަމަށެވެ. އޭގެ ތެރޭގައި އެ މަނިކުފާނުގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްވެސް ހިމެނިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.
ކީއްވެގެންތޯއޭ މިނިވަން އިންތިހާބެއްގައި އަޅުގަނޑާއި ވާދަކުރަން ނުކެރިގެން މިއުޅެނީ،“ ޔާމީނު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ވެރިކަން ލިބުނީ އެ މަނިކުފާނު ޖަލުގައި އޮތުމުން ކަމަށެވެ. އަދި ރައީސް މުއިއްޒު ވެސް އެ މަނިކުފާނާ ވާދަކުރައްވަން ބޭނުންފުޅު ނުވާ ކަމަށާއި ރައީސް މުއިއްޒުގެ ސައިޒު މިހާރު ވެސް އެ މަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
ދެން ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތްތައް މީގެ ކުރިންވެސް ދެއްވާފައިވާ ޔާމީން ވިދާޅުވީ 2028 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ ތާއީދު ލިބޭނީ އެ މަނިކުފާނަށެވެ.




52 Comments
ގުޅުންހުރި
ސްޓެލްކޯގެ ހިދުމަތްތަކާމެދު ދެކެނީ ކިހިނެތް؟ ރަނގަޅުކޮށްލަން ކަމެއް އޮތްނަމަ ހިއްސާކޮށްލާ
އެސްޓީއޯއަށް 61 އަހަރު: ހާއްސަ އިނާމުތަކެއް ލިބުމުގެ ފުރުސަތު!
ހުޅުމާލެ ފޭސް 3 އިން ގޯތި ލިބިފައިވާ މީހުންގެ ގުރުއަތުލުން ފަށައިފި
އާޒިމް, ރައީސް މުއިއްޒަށް: އޮޅުވާލަން ނޫޅުއްވާ, ވައުދުވި ދެ ލައްކަ ކޭޝް
ފަހި ފްލެޓުތަކުގެ ޑިޕޮސިޓަށް ދެއްކި ފައިސާ ކުލިން އުނިކުރަން ނިންމައިފި
ހަންގަނޑު އުޖާލާކޮށްދިނުމުގެ އިތުރުން އަލަނާސިން އަންހެނުންނަށް ވަކި ފައިދާއެއް ލިބޭތަ.؟