ސެޕްޓެމްބަރ 11, 2025

4،000 ފްލެޓު ލިބޭ މީހުންނާއެކު އަންނަ ހަފުތާގައި ސޮއިކުރަން ފަށަނީ

ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހެދި 4،000 ފްލެޓް ލިބިފައިވާ މީހުންނާއެކު އަންނަ ހަފުތާގައި ސޮއިކުރަން ފެށޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ

އާންމުންނަށް މިނިސްޓަރުންނާ ސުވާލުކުރުމުގެ ފުރުސަތާއެކު ސިލްސިލާކޮށް ބާއްވަމުން އަންނަ ”އަހާ“ ފޯރަމްގައި މިރޭ ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ އެގްރިމެންޓުތަކުގައި ސޮއިކުރުމަށް ލަސްތަކެއް ވެގެންދަނީ ވަރަށް ގިނަ އާންމު ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތަކަށްވާތީ، އޮފީހަށް ގެނެސްގެން ސޮއިކުރެވޭނެ ކަމަކަށް ނުވާތީ ކަމަށެވެ.

”އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މިހާރުގެ ޓާގެޓަކީ އެ ހުރިހާ ކަންތައްތަކެއް ވެސް ހަމަޖައްސައި، އަންނަ ހަފުތާގެ ތެރޭގައި އެގްރިމެންޓުގައި ސޮއިކުރަން ފެށޭވަރު ވާނެ ކަމަށް. އަންނަ ހަފުތާގައި ފެށޭނެކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތް،“ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވީ އެގްރިމެންޓުތަކުގައި ސޮއިކުރުމުގެ މަސައްކަތްކުރާނެ ތަނެއް ހަމަޖެއްސުމުގެ މަސައްކަތްކޮށް، މިހާރު އެކަމަށް ތަނެއް ހަމަޖެހިފައިވާ ކަމަށާއި އެތަނުގައި ޓެންޓު ޖެހުމުގެ މަސައްކަތާއި އަދި އެކަމަށް ބޭނުންވާ އިދާރީ އެހެނިހެން މުވައްޒަފުންނާއި އެހެނިހެން ކަންތައްތައް ކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ކުރަމުން އަންނަ ކަމަށެވެ.

”އަޅުގަނޑުމެން ލިސްޓުގައި އޮތް ފަރާތްތަކުގެ އެކި ކަހަލަ ވެރިފިކޭޝަންތައް، އުސޫލުގައި ބަޔާންކޮށްފައި ހުރި ކަންތައްތައް ސައްހަގޮތުގައި ހުރިތޯ ނޫންތޯ ބެލުމުގެ މަސައްކަތްތައް އަޅުގަނޑުމެން ބަލަމުން މިގެންދަނީ ނިމިފައި ހުރި ޓަވަރުތައް، އެ ފަރާތްތަކަށް އިސްކަންދީގެން. އަޅުގަނޑުމެންނަށް ލިސްޓުތަކެއް ފައިނަލް ކުރެވިފައި ހުރީ،“ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި ސަރުކާރު ހަވާލުވި އިރު، އެޓާނީ ޖެނެރަލް (އޭޖީ) އޮފީހާއި ކަމާބެހޭ އިދާރާތަކުން އެގްރިމެންޓު ފައިނަލްކޮށްފައި ނުވާ ކަމަށާއި މިހާރު އޭޖީ އޮފީހުން އެގްރިމެންޓު ފައިނަލުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މިދިޔަ ސަރުކާރު ނިމެނިކޮށް ފުލެޓު ލިބޭ މީހުން ލިސްޓު އާންމުކޮށްފައިވާ އިރު، އެ ލިސްޓުގައި ގިނަ މައްސަލަތަކެއް ފާހަގަވެގެން މި ސަރުކާރުން ވަނީ އެ މައްސަލަތައް ބަލައިފައެވެ. އަދި އެ މައްސަލަތައް ބަލައި، މި ސަރުކާރުން ވަނީ ކުރީގެ ލިސްޓް މުރާޖައާކޮށް 27 ފެބުރުއަރީގައި ލިސްޓެއް ނެރެ ޝަކުވާއަށް ހުޅުވާލައިފައެވެ. އެ ލިސްޓުގައިވާ ގޮތުން ޝަރުތު ހަމަވެފައިވަނީ 1،820 މީހުންނެވެ.

ނަމަވެސް މި ސަރުކާރުން ފަހުން ނިންމާފައިވަނީ ކުރީ ސަރުކާރުން ނެރުނު ފުލެޓު ލިސްޓުގައި ހިމަނާފައި ހުރި ޝަރުތު ހަމަނުވާ މީހުން ލިސްޓުން އުނިކުރުމަށްފަހު އެ ލިސްޓުގައި ބާކީ ތިބި މީހުންނަށް ފުލެޓު ދިނުމަށެވެ.

11 Comments

  • Shahu Binth Shamym ޖުލައި 15, 2025

    Konbayakah libuny

  • Jun Natt ޖުލައި 15, 2025

    Haf thaa…. Haf thaa…..kon Hafa thaa ea..??
    Haf thaa…Haf thaa….. kon Haf thaa ea…??
    Bunan ves nen gey….e,ee balha kon date 📅..??
    Mi date 📅 ivi ivi…kobai tho final date 📅…??

  • Tho Thobe Mumyth ޖުލައި 15, 2025

    Haggu verinnahdhyshy list oiy meehunah dhykah nujehy male ulhe ulhe vannaane thaneh niy meeehun thihbaa male dharuvarehga anna meehunah tha dhenee …rangakhah balaaafa dheyn v list kamaku nudhy

  • Dhiyana Ibrahim Didi ޖުލައި 15, 2025

    Thi ”ANNA HAFTHAA“ge maana eh neyngigen miulhenee.

    • Fathimath Xai ޖުލައި 15, 2025

      Dhiyana Ibrahim Didi maana koddhentha e haftaa eh naanane eii maana

      • Dhiyana Ibrahim Didi ޖުލައި 15, 2025

        Fathimath Xai 😄 🤣 😂 😆

  • Mariyam Sharyfa ޖުލައި 15, 2025

    Kobaa libey meehunaki

  • Xai Navee ޖުލައި 15, 2025

    Baeh ge haggu feyriganefa

  • Shafeeu Ahmed ޖުލައި 15, 2025

    Koba list

  • Aiminath Ibrahim ޖުލައި 16, 2025

    konme sarukaarakunves ebayaku beynun bayakah dheny maleyga ulhe bohiya vehikameh nulibi salaan jaha bayakah thi flateh dhuvahakuves hagguve sharutheh hama vegen nulibeyne

  • Aiminath Ibrahim ޖުލައި 16, 2025

    konme faharakuves ebey fulhun dheyn beynun bayakah list hadhaigen dheny

Leave a Reply to Mariyam Sharyfa Cancel reply