ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ރައީސުންނަށް ދައުވަތު އަރުވަން ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފި އެވެ.
އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ އެ ރަސްމިއްޔާތަށް ރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ރައީސުންނަށް ދައުވަތު އަރުވަން ނިންމީ ގައުމީ ކަމަކަށްވުމުން ކަމަށެވެ.
ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އާ ޓާމިނަލްގެ ޑިޒައިނަށް، މިހާރު ފެންނަން ހުރި ބަދަލުތައް ގެނެސް، ޒަމާނީ އާލާތްތައް ހޯދައި ގިނަ މަސައްކަތްތަކެއް ކުރި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އެންމެ ބޮޑު އިސްކަމެއް ދެއްވި އެއް ކަމަކީ އެ ޓާމިނަލްގެ ނުނިމި ހުރި މަސައްކަތްތައް ނިންމައި ހުޅުވުމެވެ.
އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ހުރިހާ ރައީސުންނަށް ދައުވަތު އަރުވަން ނިންމި އިރު، ރައީސް މުއިއްޒު ވަނީ އެ ޓާމިނަލްގެ މަސައްކަތުގެ ކްރެޑިޓް ރައީސް ޔާމީނަށާއި ރައީސް ސޯލިހަށްވެސް ދެއްވައިފަ އެވެ.




ގުޅުންހުރި
މަނީ ލޯންޑަރިންގެ ކުށުގައި ބައްސާމްގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް
އަންނަ އަހަރުގެ ބަޖެޓަށް 64 ބިލިއަން ރުފިޔާ، 62 ޕަސެންޓަކީ ރިކަރަންޓް
ފްލެޓަށް ޑައުން ޕޭމަންޓް ނުދެއްކި ތިބި ފަގީރުންނަށް ޒަކާތު ފަންޑުން އެ
ބަޖެޓުން މިލިއަނެއްހާ ރުފިޔާ ދޭ މީޑިއާއެއްގެ ހިއްސާދާރުންގެ ތެރޭ ޝަހީމްގެ ދަރިކަލުން
މި އަހަރުގެ މިހާތަނަށް ބީއެމްއެލް އިން ހަ ބިލިއަން ރުފިޔާގެ ލޯނު
އެމެރިކާ އިން ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރަން ފަށަން ޓްރަމްޕް އަމުރުކޮށްފި