ޕީއެންސީ މެންބަރަކަށް ވަޒީފާ ހަމަޖެހިފައިނުވާނަމަ ކުރިއަށް އޮތް ތަނުގައި ވަޒީފާ ހަމަޖެހިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ރޭ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޕާޓީ ވެރިކަން ކުރަން ކެރިވަޑައިގަންނަވާނެ ކަމަށެވެ. ޝުޖާއު ވިދާޅުވީ ކުރިން ޕީޕީއެމްއާ އިދިކޮޅަށް ދާންޖެހުނީ ޕާޓީ ވެރިކަން ނުކުރެވުމުގެ ސަބަބުން ކަމަށާއޮ އޭރު ވެރިކަން ގެއްލުމުން ރަށްރަށަށް ގޮސް ވެރިކަން ގެއްލުނީ ކީއްވެތޯ އާންމުންނާ ސުވާލުކުރުމުން، ވެރިކަން ގެއްލުނީ ”މެޑަމް“ގެ ސަބަބުން ކަމަށް އެމީހުން ބުނަމުންދިޔަ ކަމަށެވެ.
ނަމަވެސް މިހާރު އެފަދަ މެޑަމް އެއް ނުހުންނާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
”ޕާޓިގެ ލޮބުވެތި މެމްބަރުން އަޅުގަނޑުމެން މި އުޅެނީ ޕީއެންސީގެ ވެރިކަމެއް ކުރަން،“ ޝުޖާއު ވިދާޅުވި އެވެ.
”އަޅުގަނޑުމެންގެ ޕާޓީ މީހަކަށް ވަޒީފާ ނުލިބިއްޖެއްޔާ އޮންނަ އުސޫލުގެ ތެރެއިން އެމީހަކަށް ވަޒީފާ ލިބޭނެ، އެއީ ޕާޓި ވެރިކަން ކުރަން މި އުޅެނީ،“
ޝުޖާއު އެގޮތަށް ވިދާޅުވިއިރު ރައީސް އޮފީހުން ހާމަކުރި މައުލޫމާތުގައި ވާގޮތުން، މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި 922 ބޭފުޅުން އެބަ ތިއްބެވި އެވެ.

28 Comments
ގުޅުންހުރި
މީޑިއާ ބިލު ދިރާސާކުރާ ކޮމިޓީ މިއަދުވެސް ސިއްރު
ނޭޕާލްގެ ހާލަތު ގޯސްވެ، ދިވެހީން އެ ގައުމަށް ދަތުރު ނުކުރަން ސަރުކާރުން
ބިން ނުހިއްކަން ނިންމުމާ ގުޅިގެން ދޮންފަނު ރައްޔިތުން މުޒާހަރާ ކުރަނީ
ޑޮކްޓަރީ ބޭހާއި މެޑިކަލް އާލާތްތައް ގަނޑުކޮށް ގަނެ ރާއްޖެ ގެންނަން ކުންފުންޏެއް
ޒުވާނުން މުޒާހަރާއަށް ނުކުތުމުން ނޭޕާލުގެ މުސްކުޅި ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި
ރައްޔިތުން ބޭނުން ނުވާ ކަމެއް މި ސަރުކާރުން ނުކުރާނެ: ރައީސް