ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް އެއް ބިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 1.09 ބިލިއަން ރުފިޔާ ޖަމާކޮށްފައި ވެ އެވެ.
ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި އެސްޑީއެފްއަށް ޖަމާކުރި 708.9 މިލިއަން ރުފިޔާއެވެ.
މިއަހަރު ނިމުމުގެ ކުރިން އެސްޑީއެފްއަށް އެއް ބިލިއަން ރުފިޔާ ޖަމާކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި އެ އަމާޒަށް މިހާރު ވަނީ ވާސިލްވެފައި ކަމަށަ ފިނޭންސުން ބުންޏެވެ.
ސޮވެރިން ފަންޑަކީ ދައުލަތުގެ ދަރަނި އަދާކުރަން ދުރާލައި ތައްޔާރުވާން އުފައްދާފައިވާ ފަންޑެކެވެ.
އެ ފަންޑަށް ފައިސާ ޖަމާކުރަނީ 2017 ވަނަ އަހަރުން ފެށިގެން ނަގަމުން އަންނަ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އިންނެވެ.




1 Comment
ގުޅުންހުރި
ހަގުރާމައާއި ގުޅިގެން ކުރިމަތިވެދާނެ އިގްތިޞާދީ ލޮޅުންތަކުން އަރައިގަތުމަށް ފިޔަވަޅުތަށް އަޅަމުންގެންދާނެ: މިނިސްޓްރީން
ސަރުކާރުގެ އެންމެއިސް އަމާޒަކީ ކާބޯ ތަކެއްޗާއި، އަސާސީ ބާވަތްތަކުގެ ރައްކާތެރިކަން ކަށަވަރު
ހަނގުރާމައާ ގުޅިގެން ދިވެހީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަޒީރުންގެ ހާއްސަ ކޮމިޓީއެއް
ހަމަލާތައް އަދިވެސް ކުރިއަށް، އިރާނުން އިޒްރޭލަށް މިސައިލު ހަމަލާތަކެއް
ގިނަ ބަޔަކު ވީއައިއޭގައި ތާށިވެފައި، އެމްއޭސީއެލުން އެދުނީ ފްލައިޓުތަކުގެ މައުލޫމާތު ސާފުކުރަން
މެދުއިރުމަތީގެ ގައުމުތަކުގައި އުޅޭ ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށްފި