ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް އެއް ބިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 1.09 ބިލިއަން ރުފިޔާ ޖަމާކޮށްފައި ވެ އެވެ.
ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި އެސްޑީއެފްއަށް ޖަމާކުރި 708.9 މިލިއަން ރުފިޔާއެވެ.
މިއަހަރު ނިމުމުގެ ކުރިން އެސްޑީއެފްއަށް އެއް ބިލިއަން ރުފިޔާ ޖަމާކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި އެ އަމާޒަށް މިހާރު ވަނީ ވާސިލްވެފައި ކަމަށަ ފިނޭންސުން ބުންޏެވެ.
ސޮވެރިން ފަންޑަކީ ދައުލަތުގެ ދަރަނި އަދާކުރަން ދުރާލައި ތައްޔާރުވާން އުފައްދާފައިވާ ފަންޑެކެވެ.
އެ ފަންޑަށް ފައިސާ ޖަމާކުރަނީ 2017 ވަނަ އަހަރުން ފެށިގެން ނަގަމުން އަންނަ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އިންނެވެ.

1 Comment
ގުޅުންހުރި
ރައީސް އޮފީހުގެ މިނިސްޓަރެއްގެ ފެންވަރުގެ މަގާމެއް ފަހުމީއަށް
މަހުލޫފް އެމްޑީޕީން ވަކިވެއްޖެ
ކުރީގެ ރައީސުންނާއި ކުރީގެ މެންބަރުންގެ އިނާޔަތް ކުޑަކުރުމުގެ ވިސްނުން ރައީސް ހުށަހަޅުއްވައިފި
އަންނަ ހޯމަ ދުވަހު ދައުރުން ބޭރުން މަޖިލީހުގެ އިތުރު ޖަލްސާއެއް ބާއްވަނީ
ގެދޮރުވެރިޔާ ފްލެޓްތަކަށް މި ހަފުތާގައި މީހުން ވައްދަން ފަށަނީ
މަރަދޫފޭދޫއަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް