ޑޮލަރު އަތްނުފޯރާ ފަށަށް އަރައިގެން ގޮސް، އިގުތިސާދީ ބޮޑު ކާރިސާއެއް ބޯމަތިވަމުން ދާއިރުވެސް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ހަނު ހުންނެވުމަކީ ޣައިރު ޒިންމާދާރު އަމަލެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ޑޮލަރުގެ އަގު ދިވެހި ތާރީހުގައިވެސް އުފުލިގެން ނުދާ މިންވަރަށް އުފުލި، ރައްޔިތުންގެ އަތްމަތި ދަތިވެ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިނދަޖެހި، ގައުމު އިގުތިސާދީ އަނދަވަޅަކަށް ވެއްޓެމުންދާ ކަމަށެވެ.
އަދި އިގުތިސާދު މިހާލަތަށް ގޮސް، ރައްޔިތުން ހާލުގައި ޖެހި، އިގުތިސާދު ބޮޑު ކާރިސާއެއް ބޯމަތިވަމުން ދާއިރުވެސް މުނައްވަރު ހަނު ހުންނެވެމަކީ ގައިރު ޒިންމާދާރު އަމަލެއް ކަމަށާއި އެއީ ވަރަށް ބޮޑު އިހުމާލެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝާހިދުގެ ޓުވީޓުގައި ސިޔާސީ ފަރާތްތަކުގެ މުށުތެރޭގައި ނުހުންނަވައި، ގަވަރުނަރު މަގާމުގެ ޒިންމާ ފުރިހަމައަށް އަދާކުރެއްވުމަށް ވެސް ގޮވާލެއްވި އެވެ. އަދި ގައުމު ބަގުރޫޓު ވެގެންދިޔަ ނުދިނުމަށް އެމްއެމްއޭ އިން އަޅާ ފިޔަވަޅުތައް ރައްޔިތުންނަށް ހާމަކޮށްދިނުމަށްވެސް ޝާހިދު ގޮވާލެއްވި އެވެ.
ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވެ، އެކަމުގެ ސަބަބުން ވިޔަފާރިވެރިންނާއި އާއްމުންނަށް ދަނީ ގިނަގުނަ ދަތިތަކާ ކުރިމަތިވަމުންނެވެ. އަދި ޑޮލަރުގެ އަގު ހިފެހެއްޓުމުގެ ނަމުގައި ސަރުކާރުން ވިޔަފާރިވެރިންނާއި މަޝްވަރާ ކުރުމެއް ނެތި އެޅި ބައެއް ފިޔަވަޅުތަކުގެ ސަބަބުން، ޑޮލަރުގެ އަގު ބޮޑުވުމުގެ ތަކުލީފުގެ މައްޗަށް އިތުރު ތަކުލީފުތަކެއް ވިޔަފާރިވެރިންނަށް ވަނީ ކުރިމަތިވެފައެވެ.




2 Comments
ގުޅުންހުރި
މަނީ ލޯންޑަރިންގެ ކުށުގައި ބައްސާމްގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް
އަންނަ އަހަރުގެ ބަޖެޓަށް 64 ބިލިއަން ރުފިޔާ، 62 ޕަސެންޓަކީ ރިކަރަންޓް
ފްލެޓަށް ޑައުން ޕޭމަންޓް ނުދެއްކި ތިބި ފަގީރުންނަށް ޒަކާތު ފަންޑުން އެ
ބަޖެޓުން މިލިއަނެއްހާ ރުފިޔާ ދޭ މީޑިއާއެއްގެ ހިއްސާދާރުންގެ ތެރޭ ޝަހީމްގެ ދަރިކަލުން
މި އަހަރުގެ މިހާތަނަށް ބީއެމްއެލް އިން ހަ ބިލިއަން ރުފިޔާގެ ލޯނު
އެމެރިކާ އިން ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރަން ފަށަން ޓްރަމްޕް އަމުރުކޮށްފި