ނ. މާފަރު ސިއްހީ މަރުކަޒު ތަރައްގީ ކުރުމުގެ މަސައްކަތް ރައްޔިތުން ބޭނުންވާ ގޮތަށް، އެ މަޝްރޫއަށް ބަދަލުތަކެއް ގެނެސް އިތުރު 15 އެނދު ހިމަނައިގެން އަލުން ސޮއިކުރަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.
ރައީސް މިއަދު މާފަރަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މި ސަރުކާރުން މަޝްރޫއުތައް ހިންގާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށާއި ހެލްތު ދާއިރާ ކުރިއެރުވުމަށް ސޮއިކުރި އެއްބަސްވުންވެސް ރައްޔިތުން ބޭނުންވާ ގޮތަށް މިހާރު ބަދަލުކޮށްފަިއވާނެ ކަމަށެވެ.
”އަޅުގަނޑު ދަންނަވާފައިވާނެ މި ހަފްތާ ނިމުމުގެ ކުރިން އެ މަޝްރޫއު ރައްޔިތުން ބޭނުންވާ ސްކޯޕުގައި، އެ ބޭނުންވާ ގޮތަށް ބަދަލުކޮށް މަދުވެގެން އަދި އިތުރު 15 އެނދު ހިމެނޭ ގޮތަށް ބަދަލުކޮށް ރަނގަޅު ފެންވަރުގެ ސިއްހީ މަރުކަޒެއް އެގްރިމެންޓުގައި އަލުން ސޮއިކޮށް މަސައްކަތް އަލުން ފަށަން،“ ރައީސް ވިދާޅުވި އެވެ.
މާފަރު ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް 10 މިލިޔަން ރުފިޔާއަށް ހަވާލުކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަން އާއެވެ. އެ މަސައްކަތް ފެނަކައާ ހަވާލުކޮށްފައިވަނީ އިއްޔެ އެވެ.




4 Comments
ގުޅުންހުރި
އަމިއްލަ ވިޔަފާރިތަކަށް ދައްކަންޖެހޭ ބިލުތަކަށް ރޯދައިގެ ކުރިން ފައިސާ ދައްކައި ނިންމޭތޯ
ޔާމީން، މުއިއްޒަށް: އިގުތިސާދު އޮތީ ކޮޅަކަށް ނޫން، އިގުތިސާދާއި ކޮރަޕްޝަން ވެސް
މާލޭގެ ކައުންސިލަރުން ޝަރުތު ހަމަވަނީ ދިމްޔާތުގެ ބަދިގެ ބަލަހައްޓަން: ޔާމީން
ޕީއެންއެފްގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާނީ ޒަރިއަންދު!
ކައުންސިލު އިންތިހާބަށް ބާއްވާ ޕީއެންސީގެ ޕްރައިމަރީ މިމަހުގެ 27 ގައި
ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުގެ ގޮނޑިއަށް ކުރިމަތިލައްވަނީ މޫސާ އަލީ ޖަލީލު!