އިންޑިއާގެ ބޭހަށް ބަރޯސާ ނުވާނެ ކަމަށް ބުނުމަށްފަހު އިންޑިއާ އިން ބޭސް ގެންނަން އެއްބަސްވުމެއް!
އިންޑިއާ އިން ކޮލިޓީ ބޭސް ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު ސޮއިކުރީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
ރައީސް މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ކުރިފުޅުމަތީގައި އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓަރު އަބްދުالله ނާޒިމެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރެވެ.
އިންޑިއާ އިން ކޮލިޓީ ބޭސް ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިކުރެއްވި އިރު, އިންޑިއާ އިން އެކަނި ބޭސް އެތެރެ ކުރުން ހުއްޓާލައި ސީދާ ޔޫރަޕުން ބޭސް ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ރައީސް މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
މިދިޔަ އަހަރުގެ ޖަނަވަރީ މަހު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް އޭރު ވިދާޅުވީ އާދައިގެ ބޭސް ގެނައުން ނިމުމަކަށް ގެނެސް, ސީދާ ޔޫރަޕުންނާއި އެމެރިކާ އިން ބޭސް އެތެރެކުރުން ބަދަލު ކުރައްވާނެ ކަމަށާއި އެކަން ފައްޓަވާފައިވާ ކަމަށެވެ.
”އެހެންވީމަ، ވަކި ގައުމަކުން ބޭސް ގެނައުން އިރާދަކުރެއްވިއްޔާ ނިމުމަކަށް އަންނާނެ… އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް އިރާދަކުރެއްވިއްޔާ ތެދުވާނީ ވަކި ބަޔަކަށް ބަރޯސާވުން ނިމުކަކަށް ގެނެސް،“ އެ މަނިކުފާނު ވިދާޅުވި އެވެ.
މިހާރު ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ބޭސް އެތެރެ ކުރަނީ އިންޑިއާ އިންނެވެ.

7 Comments
ގުޅުންހުރި
އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސަކު މަރުވެއްޖެ
އާ ޓާމިނަލްގެ އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ ރައީސް ސޯލިހާއި ރައީސް
ކުލަގަދަ ހަވާގެ ހަރަކާތްތަކާއި ޑްރޯން ޝޯއަކަށްފަހު ވީއައިއޭގެ އާ ޓާމިނަލް ހުޅުވައިފި
އާ ޓާމިނަލް ހުޅުވުން: ކުރީގެ ރައިސުންގެ ތެރެއިން ވަޑައިގެންނެވީ ވަހީދާއި ނަޝީދު
އަންނަ މަހުން ފެށިގެން ދިވެހިންނަށް އެއް އަހަރުގެ ވިސާ ދޫކުރަން ލަންކާއިން
ބީއެމްއެލް އިން އިންޑިއާ ރުޕީ އެކައުންޓް ހުޅުވޭ ގޮތް ހަދައިފި