ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތަށް ރާއްޖޭގެ ހުރިހާ ރައީސުންނަށް ދައުވަތު ދެއްވި ނަމަވެސް ދައުވަތު ގަބޫލުކުރައްވައި އެ ޖަލްސާ ވަޑައިގެންނެވީ ކުރީޣެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭގެ ޖަލްސާއަށް ވަޑައިނުގަންނަވައެވެ.
ވީއައިއޭ އާ ޕަސެންޖާ ޓާމިނަލް ރަސްމީކޮށް މިރޭ ހުޅުވުމަށް ނިންމާފައިވާއިރު ޓާމިނަލް ހުޅުވައިދެއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އާ ޓާމިނަލް ހުޅުވުމުގެ މުނާސަބަތުގައި މިރޭ މާލެ ވަށައިގެން ހަ މިނިޓަށް ހަވާ އަރުވާއިރު ހާއްސަ ޑްރޯން ޝޯއެއް ވެސް ބާއްވާނެ އެވެ.
އާ ޓާމިނަލް ހުޅުވުން: ކުރީގެ ރައިސުންގެ ތެރެއިން ވަޑައިގެންނެވީ ވަހީދާއި ނަޝީދު

16 Comments
ގުޅުންހުރި
ޓާމިނަލުން ނަމާދު ގަޑީގައި ބަންގީގެ އަޑު އިވޭގޮތް ހަދަން ރައީސް އަންގަވައިފި
ހަފުތާއެއްގެ ތެރޭގައި ތަރައްގީގެ ކަންކަން ހާސިލުވެގެންދާތަން ފެންނާނެ: ރައީސް
ނިޝާން އިއްޒުއްދީންގެ ލަގަބު ގާސިމަށް އަރުވައިފި
އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސަކު މަރުވެއްޖެ
އާ ޓާމިނަލްގެ އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ ރައީސް ސޯލިހާއި ރައީސް
ކުލަގަދަ ހަވާގެ ހަރަކާތްތަކާއި ޑްރޯން ޝޯއަކަށްފަހު ވީއައިއޭގެ އާ ޓާމިނަލް ހުޅުވައިފި