ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ޓާރމިނަލް ގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސައިފިއެވެ.
ރައީސް، ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސާ އެގޮތަށް އަމަލު ކުރަން މިއަދުގެ ޢަސްރު ނަމާދުން ފެށިގެން ވާނީ ފަށާފައި ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޕަސެންޖާ ޓާމިނަލް ކުލަގަދަ ރަސްމިއްޔާތަކަށްފަހު ރޭ ވަނީ ހުޅުވައިފި އެވެ.
ޓާމިނަލް ހުޅުވައިދެއްވީ ރައީސް މުއިއްޒެވެ.
ޓާމިނަލް ހުޅުވުމުގެ ގޮތުން ވަނީ ޑްރޯން ޝޯ އަކާއި ކުލަގަދަ ހަވާގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މީގެ ނުވަ އަހަރު ކުރިން ބިނާކުރަން ފެށި އާ ޓާމިނަލްގެ މަސައްކަތް ނިންމައި 60 ވަނަ މިނިވަން ދުވަހުގެ އުފަލާ އެކު މިރެއިން ފެށިގެން ރަސްމީކޮށް ދެން ބޭނުން ކުރަމުންދާނެ އެވެ.
އެ ޓާމިނަލްގެ މަސައްކަތް ފެށީ 2016 ވަނަ އަހަރު އެވެ. އެ ޓާމިނަަލަށް ވަނީ 457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ހޭދަކޮށްފަ އެވެ.
އާ ޓާމިނަލްގެ ބޭރުން ފެންނަނީ ރާއްޖޭގެ ތާރީހާއި ސަގާފަތާއި ދީނީ ތަރިކަ ރަމްޒު ކޮށްދޭ ހިރިގަލުގެ ފަންނުވެރި ކެނޑުންތަކުންތަކެވެ.
އާ ޓާމިނަލްގައި ފޯރުކޮށްދޭ ޚިދުމަތްތައް
- ފުރާ މީހުން އަމިއްލައަށް ޗެކިންވުމަށް 47 ކައުންޓަރު ގާއިމްކުރެވިފައިވޭ
- ސެލްފް ޗެކިން ހަ ކިއޯސްކް
- އިމިގްރޭޝަން ކްލިއާކުރުމަށް 20 ކައުންޓަރެއް ހުންނާނެ
- ކެއިން ބުއިމަށާއި ޑިއުޓީ ފްރީއަށް ޚާއްސަ ސަރަހައްދެއް
- ޓާމިނަލުގެ ތެރޭގައި ހިނގާބިނގާވެ އުޅުން ފަސޭހަކުރުމަށްޓަކައި ވޯކަލޭޓާތަކާއި އެސްކެލޭޓަރުތައް ހަރުކޮށްފައި ހުންނާނެ، އެގޮތުން ހަތަރު ވޯކަލޭޓަރަކާއި 14 އެސްކެލޭޓަރު ހުންނާނެ
- ސީދާ ޓާމިނަލުން މަތިންދާ ބޯޓަށް އެރޭ ގޮތަށް 15 އެއިރޯބްރިޖް
- ރާއްޖެއަށް އަންނަ މީހުންނަށް އިމިގްރޭޝަންގެ 28 ކައުންޓަރު ހުންނާނެ
- ޖާގައިގެ ގޮތުން ތަނަވަސް ސަރަހައްދެއްގައި ބެގޭޖް ކްލިއާކުރުމަށް ހަތަރު ބެލްޓެއް ގާއިމްކުރެވިފައިވޭ

2 Comments
ގުޅުންހުރި
ހެކީންނަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުވާތީ ފުލުހުން އޮޕަރޭޝަނެއް ހިންގަނީ
ނޮޅިވަރަންފަރުގެ ހައުސިން ޔުނިޓް އެއްބަސްވުމުގައި ސޮއިނުކުރާ ފަރާތްތަކަށް އަންނަ ހަފުތާގައި ފުރުސަތުދެނީ
ޖަމީލާއި މަލީހަކީ މަހު މުސާރައަށް، ޔާމީންއާއެކު އުޅެދޭ ބައެއް: ފަލާހު
ޖުޑިޝަރީ މިނިވަންކަމާއެކު ހިންގުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭން ފަށަނީ
މޭވާ އަދި ތަރުކާރީ ވެސް އެސްޓީއޯ އިން ގަނޑުކޮށް އެތެރެކޮށް ވިއްކަން
ރައީސް ގޮތް ނިންމަވައިފި، ކުރީގެ ރައީސުންނާއި މެންބަރުންގެ އިނާޔަތް ކުޑަކުރަނީ