A flooded street is seen after heavy rains at Xin'anzhuang village, in Miyun district, on the outskirts of Beijing on July 28, 2025. A landslide triggered by unusually heavy rain killed four people and left eight others missing in northern China's Hebei province, state media said on July 28, as downpours force thousands to evacuate. (Photo by Jade GAO / AFP)

ބެއިޖިންއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މަރުވި އަދަދު 30 އަށް

ޗައިނާގެ ވެރިރަށް, ބެއިޖިންއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 30 މީހުން މަރުވެ, އެތައް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ފަށައިފި އެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާ, ޒިންހުއާ އިން ބުނެފައިވާ ގޮތުން ބެއިޖިންއަށާއި ވަށައިގެންވާ ޕްރޮވިންސްތަކަށް މިދިޔަ ހަފުތާ ބަންދުގައި ވެހެން ފެށި ވާރޭގައި މިހާތަނަށް 543 މިލިމީޓަރު (21.3 އިންޗި)ގެ ވާރޭ ވެހިފައިވެ އެވެ.

ފެންބޮޑުވުމުގެ ހާދިސާތަކުގައި މަރުވީ އުތުރުގައި އޮންނަ ފަރުބަދަމަތީގެ ދެ ޑިސްޓްރިކްޓުންނެވެ. އަދި ފެންބޮޑުުވުމުގެ ހާދިސާތަކުގެ ސަބަބުން 136 އަވަށެއްގެ މަގުތައް ހަލާކުވެ, ކަަރަންޓު ކެނޑިފައިވާތީ އެ އަވަށްތަކުން 80,000 އަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށް ޗައިނާގެ ގައުމީ ބްރޯޑްކާސްޓަރު ސީސީޓީވީން ރިޕޯޓް ކޮށްފައިވެ އެވެ.

ބެއިޖިންއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެ ސިޓީގެ މީހުން ގެއިން ބޭރަށް ނުނިކުތުމަށް ވަނީ އަންގައިފަ އެވެ. އަދި ސްކޫލްތައް ބަންދުކޮށް, ކޮންސްޓްރަކްޝަން މަސައްކަތްތައް ހުއްޓާލަން އަންގާފައިވާއިރު, އިމަޖެންސީ އިއުލާން އުވާލަންދެން އެއްވެސް ހަރަކާތެއް ކުރިއަށް ގެންދިއުން ވަނީ މަނާކޮށްފަ އެވެ.