ރަޝިއާގެ އިރުމަތިން ކަނޑު ތެރެއަށް 8.7 މެގްނިޓިއުޑްގައި ބިންހެލުމެއް އަތުވެއްޖެ އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނި ގޮތުގައި ބިންހެލުން އައިސްފައިވަނީ ރަޝިއާގެ އެންމެ އިރުމަތީގައި އޮންނަ ޕެޓްރޯޕަވްލޮވްސްކް-ކަމްޗަޓްސްކީގެ އިރުން 85 މޭލު (136 ކިލޯމީޓަރު) ދުރުން 12 މޭލު (19 ކިލޯމީޓަރު) އަޑިއަށެވެ.
އެ ބިންހެލުން އައި ބާރުމިން ކަމަށް ފުރަތަމަ ބުނީ 8 މެގްނިޓިއުޑް ކަމަށެވެ. ނަމަވެސް ފަހުން ވަނީ ބިންހެލުމުގެ ބާރުމިން 8.7 އަށް އިތުރުކޮށްފަ އެވެ.
ޔުނިވާސިޓީ އޮފް ހަވާއީގެ ޖިއޯފިޒިކްސް އެންޑް ޓެކްނޯނިކްސް ޑިވިޝަންގެ އެސިސްޓަންޓް ޕްރޮފެސަރު ހެލެން ވިދާޅުވި ގޮތުގައި މި ބިންހެލުމަކީ ތާރީހުގައި މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ ބާރުގަދަ 10 ބިންހެލުމުގެ ތެރެއިން ހަވަނައިގައި ހިމެނޭ ބިންހެލުމެވެ.
ހަވަނައިގައި ދެން ހިމެނެނީ 2010 ވަނަ އަހަރު ޗިލީއަށް އައި ބިންހެލުމާއި 1906 ވަނަ އަހަރު އެކުއެޑޯއަށް އައި ބިންހެލުމެވެ.
ތާރީހުގައި މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ ބާރުގަދަ ފަސްވަނަ ބިންހެލުން އައިސްފައިވަނީ ވެސް މިއަދުގެ ބިންހެލުން އައި ކަމްޗަޓްސްކީ އަށެވެ. އެއީ 1952 ވަނަ އަހަރު އައި ބިންހެލުމެކެވެ. އެ ބިންހެލުމަކީ ދުނިޔޭގައި ރެކޯޑް ކުރެވުނު ފުރަތަމަ 9 މެގްނިޓިއުޑްގެ ބިންހެލުމެވެ.
އެފަހަރުގެ ބިންހެލުމުގެ ސަބަބުން ހަވާއީއަށް ބޮޑު ސުނާމީއެއް އަރައި، އެއް މިލިއަން ޑޮލަރުގެ ގެއްލުން ލިބުނެވެ.

ގުޅުންހުރި
އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގުރާމަށް ހުޅުވާލައިފި
އަހަރަކު 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބުނި ބަންކަރިން އިން
ބިލެތްފަހި އެއާޕޯޓް: މިދިޔަ އަހަރު ހަވާލުކުރީ އެމްޓީސީސީއާ, މިއަހަރު ހަވާލުކުރީ އެމްއޭސީއެލްއާ
ރިފްއަތު ވެސް އޭސީސީއަށް ހާޒިރުވާން އަންގައިފި
ނަތީޖާ ނެރެދިނުން ފިޔަވައި އިތުރު އެއްވެސް ކަމަކަށް ޝައުގެއް ނެތް: ރައީސް
މައިމީހާގެ ފަރާތުން ދަރިފުޅަށް ތިން ބައްޔެއް ފެތުރުން ހުއްޓުވައި ރާއްޖެ ތާރީހުގެ