ރައީސް ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ރައީސަށް މަރުގެ އިންޒާރު ދީފައިވަނީ މަސީހް މޫސާ ނަމަކަށް ކިޔާ ފޭސްބުކް އެކައުންޓަކުންނެވެ. އޭނާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ”އެންމެ ފުރަތަމަ މި ރު** މަރާލަންޖެހޭ“ މިހެންނެވެ.
އޭނާ އެހެން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި ވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި އެ ބިލު އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކަށް ރައީސް އެންގެވުމުން ނޫހަކުން ޖަހާފައިވާ ހަބަރަކާ ގުޅިގެންނެވެ.
ރައީސަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަމުން އަންނަ ކަމަށް ބުނި އިރު، އެ އިންޒާރު ދިން މީހާގެ ފޭސްބުކް އެކައުންޓުގައި އޭނާގެ ފޮޓޯވެސް ފެންނަން އެބަހުއްޓެވެ. އެހެންކަމުން ފުލުހުންނަށް އެ މީހަކު ހައްޔަރުކުރުމަކީ އުދަނގޫ ކަމަކަށް ނުވާނެ އެވެ.
ސަރުކާރުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އާ ބިލުގެ އެންމެ މުހިންމު އެއް މަގުސަދަކީ މަސްތުވާތަކެތީގެ ނެޓްވޯކުތައް ހުއްޓުވައި، ނެޓްވޯކުތަކުގެ ބޮޑުންގެ މުދާ ހިފެހެއްޓުމެވެ.
”މަސްތުވާތަކެއްޗާ ބެހޭ ގާނޫނު“ ގައި މިހާރު އޮންނަގޮތުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހެއްގެ އަދަބަކީ 25 އަހަރަށް ޖަލަށްލުމާއި 1،000،000 (އެއް މިލިއަން) ރުފިޔާއާއި 10،000،000 (ދިހަ މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ގުޅުންހުރި
ރައީސަށް މަރުގެ އިންޒާރުދިން މަސީހުގެ ބަންދަށް 10 ދުވަސް
އިމިގްރޭޝަން ކޮރަޕްޝަން: ލައްސާން ކުށަށް އިއުތިރާފުވުމުން ލުއި އަދަބެއް ދީފި
މުހައްމަދު ފުލުހަށް ދިޔައިއިރު ސްޓޭޝަނުގައި ފުލުހުން ނެތީ ކްރައިމް ސީނަށް ހުރިހާ
އެމްޑީޕީގެ ރަންރީނދޫ ދުވުން ބާއްވައިފި
ލަންކާގައި އިންވެސްޓުކުރާ ދިވެހިންނަށް އެގައުމުން ދިގު މުއްދަތަކަށް ބިން ލިބޭނެ!
ގުރުއާން ހިތުދަސްކުރުމުން އެހެން އިލްމުތައް ހާސިލުކުރަން ފަސޭހަވާނެ: ރައީސް