ސްރީ ލަންކާގައި އިންވެސްޓުކުރާ ދިވެހިންނަށް އެގައުމުން ދިގު މުއްދަތަކަށް ބިން ލިބޭނެ ކަމަށް ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްއަށް ދެއްވި އިންޓަވިއެއްގައި މަސްއޫދު ވިދާޅުވީ ލަންކާގައި ދިވެހީން އިންވެސްޓްކޮށްފައި ވަނީ ވަރަށް މަދުން ނަމަވެސް، ދިވެހި އިންވެސްޓަރުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދޭން ލަންކާ ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
އެގޮތުން ދިގު މުއްދަތަކަށް ދިވެހި ވިޔަފާރިވެރިންނަށް ބިން ކުއްޔަށް ދޭން ލަންކާ ސަރުކާރުން ބޭނުންވާ ކަމަށާއި، ލަންކާގައި ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް ދިވެހި އެމްބަސީން ފުރިހަމަ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް ސަފީރު ވިދާޅުވި އެވެ.
”ލަންކާގެ ބައެއް ބޭންކުތަކުން ލޯނު ދޭ ގޮތަށް ވެސް ވާހަކަދައްކާފައި އެބަހުރި، ސްރީލަންކާގައި އިންވެސްޓުކުރައްވަން ބޭނުންފުޅުވާ ދިވެހި ކުންފުނިތަކަށް. އެ ހުށަހެޅިފައި އޮތް ހުށަހެޅުން ފުދޭވަރަކަށް ރަނގަޅު އޮޕޮޗިނިޓީސްތަކެއް ހުޅުވިގެންދިޔަ.“ ސަފީރު ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އިންޑިޔާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، އިގްތިސާދީ ގޮތުން ރާއްޖެއަށް ފައިދާތަކެއްކުރާނެކަމަށް ވިދާޅުވެފަ އެވެ.
އަދި ލަންކާގެ ރައީސް ވެސް ވަނީ ދިވެހި ވިޔަފާރިވެރިން އެ ގައުމުގައި އިންވެސްޓްކުރަން ދައުވަތު ދެއްވައިފަ އެވެ.




2 Comments
ގުޅުންހުރި
ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފައްދައިފި
މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދައި އެންސީއައިޓީ އުވާލައިފި
ކައުންސިލު އިންތިހާބަށް ކުރިމަތިލުމަށް އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ
ހިތަދޫގައި އުޅޭ ”އެސްކޭޕީ“ ގުރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ހައިކޯޓަށް
ފާހަގަ ޖަހަންވީ ރަނގަޅު ނަމުގައި، ރަނގަޅު ނަމަކީ އާދަމް އާޒިމް: ވާވާ
އެއާޕޯޓުން ފައިސާތަކެއް ފޭރުން: ދެ މަސް ފަހުން 8 ވަނަ މީހަކު