އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހުގެ މުނާސަބާތުގައި ބާއްވަން ހަމަޖެއްސި ”ރަންރީނދޫ ދުވުން“ މިއަދު ހަވީރު ބާއްވައިފި އެވެ.
އެ ދުވުން ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގަ އެވެ.
އެ ދުވުމުގައި އެމްޑީޕީގެ ގިނައަދަދެއްގެ އާންމު މެންބަރުންނާއި ޕާޓީގެ ލީޑަރޝިޕުގެ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ބައިވެރިވި އެވެ.
އެމްޑީޕީގެ އަހަރީ ދުވަހުގެ މުނާސަބާތުގައި ބާއްވާ ހަރަކާތްތައް އެ ޕާޓީން ވަނީ މި އަހަރުގެ އެކި ދުވަސް ތަކަށް ބަހާލާފައެވެ.
އެގޮތުން ބަޔެއް ހަރަކާތްތައް މިހާރުވެސް ބާއްވާފައިވާއިރު، ބަޔެއް ހަރަކާތްތައް މި އަހަރު ކުރިއަށް އޮތް ދުވަސް ތަކަށް ވެސް ރާވާފައިފަ އެވެ.
އެމްޑީޕީގެ ރަންރީނދޫ ބާއްވަން ހުއްދައަށް އެދުމުން އެޗްޑީސީން، ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދު ދީފައިނުވެ އެވެ. އެހެންވެ އެ ޕާޓީން ނިންމާފައިވަނީ މަޖީދީ މަގުގައި އެ ދުވުން ބާއްވާށެވެ. ނަމަވެސް ފަހުން އެޗްޑީސީން ވަނީ ސެންޓްރަލް ޕާކު ސަރަހައްދުގައި ދުވުން ބޭއްވުމުގެ ހުއްދަ ދީފަ އެވެ.




1 Comment
ގުޅުންހުރި
ރޯދަމަސް ތިން ދިހައަކަށް ބަހާލަމާ
ސައުދީ ރަސްގެފާނުގެ ފަރާތުން ދޭ ރޯދަވީއްލުމުގެ ޕްރޮގްރާމް ރާއްޖޭގައި ފަށައިފި
އައްޑޫގައި މަސައްކަތް ކުރާ ލަންކާ މީހަކު އިސްލާމްވެއްޖެ
ދިވެހިންގެ އެހީގައި ގާޒާގައި އިތުރު ވަގުތީ މިސްކިތެއް
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި