ސެޕްޓެމްބަރ 21, 2025

ޣައްޒާގައި 5 އަހަރުން ދަށުގެ ހުރިހާ ކުދިން ބަނޑަށް މަރުވުމުގެ ބިރު ބޮޑުވެއްޖެ!

ޣައްޒާގައި ފަސް އަހަރުން ދަށުގެ ހުރިހާ ކުޑަކުދިން ކާނާ ނުލިބި ބަނޑަށް މަރުވުމުގެ ބިރު އިތުރަށް ބޮޑުވެފައިވާ ކަމަށް އދ. އިން ބުނެފި އެވެ.

ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޣައްޒާއަށް ކާނާ ވެއްދުމަށް އިޒްރޭލުން ހުރަސްއެޅުމުގެ ސަބަބުން ޣައްޒާގެ ކުޑަކުދިންނަށް ކާނާ ނުލިބި ޕެރަލައިޒްވުމުގެ ގިނަ މައްސަލަތަކެއް ދަނީ ރެކޯޑް ކުރެވެމުންނެވެ. އޭގެ އިތުރުން ޣައްޒާގައި ދިރިއުޅެމުން އަންނަ ފަސް އަހަރުގެ ކުޑަކުދިން މަލްނިއުޓްރިޝަންގެ ސަބަބުން މަރުވަމުން އަންނަ ކަމަށްވެސް ބުނެފައިވެ އެވެ.

އެގޮތުން މިދިޔަ ހޯމަ ދުވަހު އެކަނިވެސް ޣައްޒާގައި ބަނޑަށް ޖެހިގެން ހަތަރު ކުއްޖަކު މަރުވެފައިވާއިރު، އެ ހާލުގައި މަރުވި ކުޑަކުދިންގެ އަދަދު ވަނީ 94 އަށް އަރައިފަ އެވެ. އަދި ބަނޑަށް ޖެހިގެން 87 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އދ. ގެ ”ވޯލްޑް ފުޑް ޕްރޮގްރާމް“ އިން ހާމަކުރާ ގޮތުގައި ޣައްޒާގައި ދިރިއުޅޭ 320،000 އަށް ވުރެ ގިނަ ކުދިން ސިއްހަތަށް ފައިދާ ހުރި ރަނގަޅު ކާނާ ނުލިބި ވަނީ ހާލުގައި ޖެހިފަ އެވެ.

8 Comments

  • Raz Abdul އޯގަސްޓް 5, 2025

    🥲🥲🥲🥲

  • فزنا ابرهم އޯގަސްޓް 5, 2025

    💔💔

  • Shai Raa އޯގަސްޓް 5, 2025

    💔💔😭

  • Shakyba Ahmed އޯގަސްޓް 5, 2025

    Hasbunallah wa Niumalwakeelu

  • Rugi Yya އޯގަސްޓް 5, 2025

    😭😭😭😭

  • Saeeda Aishath އޯގަސްޓް 5, 2025

    😭😭😭💔💔💔

  • Tom De Tommy އޯގަސްޓް 6, 2025

    💔💔💔😭

  • Arshi Fira Akshu އޯގަސްޓް 8, 2025

    😭😭💔💔

Leave a Reply to Tom De Tommy Cancel reply