ސެޕްޓެމްބަރ 22, 2025

ގިނަ ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް ކައުންސިލްތައް ހުއްޓުވޭ ބިލު މަޖިލީހުން ފާސްކޮށްފި 

ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން އަދި މުވައްޒަފުން ނަގަން ލޯކަލް ކައުންސިލުތަކަށް ލިބިދީފައި އޮތް ބާރު ހަނި ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މިއަދު ފާސްކޮށްފި އެވެ.

އެ ބިލު ފާސްކުރީ 51 މެންބަރުންގެ ވޯޓާއެކު އެވެ. އެ ބިލާ ދެކޮޅަށް އެމްޑީޕީއަށް ނިސްބަތްވާ އަށް މެންބަރުން ވޯޓު ދެއްވި އެވެ.

އެ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިނެވެ. ބިލްގެ މަގްސަދެއްކަމަށް ބަޔާންކޮށްފައިވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަަފާރީގެ ހަރަކާތްތައް ހިންމުގެ ދާއިރާ ގާނޫނުގައި ކަނޑައެޅުމަށާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލްތަކަށް ފައިސާ ދިނުމުގައި އަމަލުކުރަންޖެހޭ ބައެއް އުސޫލުތައް މުރާޖާކުރުމާއި ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރު ތެރޭގައި ކައުސިލްތަކުން މުހިންމު މާލީ ކަންކަން ނިންމުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުން ކަމަށެވެ.

މަޖިލީހުން އެ ބިލު ފާސްކުރިއިރު  އެ ބިލު ފާސްނުކޮށް، އަނބުރާ ގެންދިޔުމަށް ގިނަ އަދަދެއްގެ ކައުންސިލްތަކުން ވަނީ ގޮވާލާފަ އެވެ.

5 Comments

  • Adam Naseem އޯގަސްޓް 6, 2025

    Gahdhaarunge baigandu😡

  • Ali Hameed Hamittey އޯގަސްޓް 6, 2025

    IBU noon gotheh hoadhaigen raakani mas kaigen thibey.

  • Canadian Jud އޯގަސްޓް 6, 2025

    Gaumah takaa Dheenah takaa.
    SALADU SEYKUN 😡 ge heyofulhu sarukaaru

  • Jamsheed Ismail Jamsheed Ismail އޯގަސްޓް 8, 2025

    Counsil eh nuhu’tuveyne

  • Ahmed Asim އޯގަސްޓް 9, 2025

    Thee rangalhu kameh

Leave a Reply to Ali Hameed Hamittey Cancel reply