ހައި ހީލްސް އަށް އަރައިގެން އެއްޗެހިތަކެއްގެ މަތީގައި ބެލެންސް ކުރުމަކީ މިހާރު ވައިރަލް ވަމުން އަންނަ ނުރައްކާތެރި އޮންލައިން ޓްރެންޑެކެވެ.
މިއީ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކީ މިނާޖު، 2013 ވަނަ އަހަރު ނެރުނު ލަވަ، ހައި ސްކޫލްގެ ވީޑިއޯ ލަވައިގައި ހައި ހީލްސް އަށް އަރައިގެން ޕޫލެއް ކައިރީގައި އޭނާ ބެލެންސް ކުރި ގޮތަށް ބެލެންސް ކުރުމަށް ފަށާފައިވާ ޗެލެންޖެކެވެ.
މި ޗެލެންޖު ފުރަތަމަ ފެށުނީ މީހަކު ޑަމްބެލްއެއް މަތީގައި އެގޮތަށް ބެލެންސް ކުރި ވީޑިއޯ ވައިރަލް ވެގެންނެވެ. އޭގެ ފަހުން އެކި މީހުން ދަނީ އެކި އެއްޗެހި މަތީގައި އެ ގޮތަށް ބެލެންސްކޮށްގެން ވީޑިއޯ ހަދަމުންނެވެ. ނަމަވެސް މިކަމުގެ ސަބަބުން އެތައް ބަޔަކަށް ވަނީ ސީރިއަސް އަނިޔާތަކެއްވެސް ލިބެމުންނެވެ.
އެގޮތުން އެ ޗެލެންޖު ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައި ބެލެންސް ކަޓައިގެން ވެއްޓި ރަޝިއާގެ މަޝްހޫރު ޓިކްޓޮކް ތަރިއެއް ކަމަށްވާ މަރިއާނާ ބަރުޓްކިނާގެ މައިބަދަ ވަނީ ބިންދައިގެން ގޮސްފަ އެވެ. އުމުރުން 32 އަހަރުގެ މަރިއާނާ އެ ޗެލެންޖު ހަދަން އުޅުނީ ބަނދިގޭގެ އަށިމަތީގައެވެ.
އޭނާއަށް ބޮޑު އަނިޔާއެއް ވެފައި މިވަނީ ދަރިއަކު ލިބުނުތާ އަދި ދެ މަސް ވިތަނާ އެވެ.
ނަމަވެސް އެކަމާ ހިތާމަނުކުރާ ކަމަށާއި އެ އެކްސިޑެންޓްގެ ސަބަބުން އޭނާގެ މަޝްހޫރުކަން އިތުރުވެފައިވާތީ އެކަމަށް އުފާކުރާ ކަމަށް މަރިއާނާ ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.




21 Comments
ގުޅުންހުރި
އަރަގްޗީގެ އިންޒާރު ޓްރަމްޕަށް: ޓެސްޓު ކޮށްލަން ބޭނުންވާނަމަ ހަނގުރާމައަށް ތައްޔާރު!
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ އަވަހާރަވެއްޖެ
އަރުވާލެވިގެން 17 އަހަރު ހުރުމަށްފަހު ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު އެނބުރި ގައުމަށް
ޣައްޒާގެ ގެއެއް ވެއްޓި, އެއް އާއިލާއެއްގެ ފަސް މެންބަރުން ނިޔާވެއްޖެ
ސިޑްނީގެ ބޮންޑީ ބީޗުގައި ބަޑި ޖަހައި މަރާލި މީހުންގެ އަދަދު 15