ރާއްޖެއިން، ބޭރުގެ އެކި ފަރާތްތަކަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރިޒާވުން 212 މިލިއަން ޑޮލަރު ބޭނުންކޮށްފައިވާ ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.
އެމްއެމްއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ރާއްޖެއަށް ބޭރު ފައިސާ އެންމެ ގިނައިން ލިބެނީ ޓޫރިޒަމް ދާއިރާއިން ކަމަށެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ހަތް މަހުގައި ސަރުކާރަށް ޓެކްސް އާއި ފީގެ ގޮތުގައި ލިބުނު ބޭރު ފައިސާގެ އާމްދަނީ މިދިޔަ އަހަރަށް ވުރެ 30 ޕަސެންޓު އިތުރިވެފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
”ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ އަދަދުގެ ތެރެއިން، ބޭންކުތަކުން އެމްއެމްއޭ އަށް ވިއްކަންޖެހޭ އަދަދުގެ ގޮތުގައި ޖުލައި މަހުގެ ނިޔަލަށް ޖުމްލަ 247.2 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެ އެވެ،“ އެމްއެމްއޭގެ ބަޔާނުގައި ވެ އެވެ.
އެމްއެމްއޭއިން ބުނީ އަމިއްލަ ވިޔަފާރިތަކަށާއި އާންމުންގެ އެކި ބޭނުންތަކަށާއި ކިޔެވުމަށާއި ބޭސްފަރުވާ އާއި ރާއްޖެ އިން ބޭރަށް ދަތުރުކުރާ މީހުންނަށް ދޭ 500 ޑޮލަރާއި އެފަދަ ބޭނުންތަކަށް 217 މިލިއަން ޑޮލަރު ވިއްކާފައިވާނެ ކަމަށެވެ. އެމްއެމްއޭއިން ބުނީ ޖޫން މަހުގެ ރިޒާވްގައި ހުރީ 832 މިލިއަން ޑޮލަރު ކަމަށާއި އޭގެ ތެރެއިން ބޭނުން ކުރެވޭ ރިޒާވްގައި ހުރީ 202 މިލިއަން ޑޮލަރެވެ.
ރިޒާވް އިތުރުވާން ފެށީ، ޓެކްސް އާމްދަނީ އިތުރުވުމާއި ބޭރު ފައިސާއާ ބެހޭ ގާނޫނު ތަންފީޒު ކުރުމާއި ކަރަންސީ ސްވޮޕް ނެގުންފަދަ ސަބަބުތަކާ ގުޅިގެން ކަމަށެވެ.

4 Comments
ގުޅުންހުރި
އިޒްރޭލަށް ޖާސޫސު ކޮށްދިން އީރާނުގެ ސައިންޓިސްޓަކަށް މަރުގެ އަދަބު ދީފި
ޔޫކޭގައި ޖިންސީ ގޯނާކުރި މައްސަލައެއްގައި ޖަލަށްލީ ދިވެއްސެއް ނޫން!
އެސްޓީއޯއިން ފިޔާ ކިލޯއެއް 15 ރުފިޔާއަށް ވިއްކަނީ
މިއަހަރު ތެރޭގައި ސޮވެރިން ފަންޑަށް އެއް ބިލިއަން ރުފިޔާ ޖަމާކޮށްފި
ރުފިޔާގެ އަގު ވެއްޓުން ހުއްޓުވުމަށް 2.1 ބިލިއަން ރުފިޔާ ދައުރުވުން ހުއްޓުވައިފި
ރުކެއް ކަނޑަން އުޅުނު މީހެއްގެ މޭކަށިގަނޑު ބިނދި ބޮޑު އަނިޔާއެއް