އޯގަސްޓް 15, 2025

ރައީސްއާ ބައްދަލުކުރެއްވީ ފޭކު ޕްރިންސެއް ނޫން: ހަލީލް

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި އަދި އެމަޝްރޫއުގައި އިންވެސްޓް ކުރާނެކަން އިއުލާން ކުރެއްވި ފަހުދު ސައުދު އަލްޝަލަން އަކީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއްކަމަށް ފޮރިން މިނިސްޓަރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ހަލީލް ވިދާޅުވީ ޕްރިންސް ފަހުދު ރާއްޖެ ވަޑައިގަތީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ގެ މަސައްކަތްތަކަށް އެކަމުގައި ހިމެނޭ އެހެން ބޭފުޅުންނާ އެކު ކަމަށް ހަލީލް ވިދާޅުވި އެވެ.

”ފަހަދު އަލް ސައުދަކީ ޝާހީ ދަރިފަސްކޮޅުގެ އަމީރާއެއްގެ ދަރިކަލެއް އެ ބޭފުޅަކީ. ރާއްޖެއަށް އޭރު ވަޑައިގެންނެވީ ވިޔަފާރިގެ ދަތުރެއްގައި އަމިއްލަ ބައެއް މަސައްކަތް ކުރުމަށް،“ ހަލީލް  ވިދާޅުވި އެވެ.

ހަލީލު ވިދާޅުވީ ސައުދީއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް ބުރޫ އަރާފައިވާ ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

4 Comments

  • Ram Eez އޯގަސްޓް 13, 2025

    ހަމަ އޮރިޖިނަލް ޕްރިންސް އެއް އުތަ

  • Fathimath Abdul Kareem އޯގަސްޓް 13, 2025

    What is dictionary meaning of prince

  • Hawwa Zahira އޯގަސްޓް 13, 2025

    Haadha dhuvahakun thivaahaka thibunee

  • Havaas Haas އޯގަސްޓް 13, 2025

    Nagoobalaa ae fake prince a singaa a fulaage saalu alhaigen aimaa thibalhun bunaane ae fulaa a key avaruge bakarin thi

Leave a Reply to Fathimath Abdul Kareem Cancel reply