އޮކްޓޯބަރ 14, 2025

އޭޓީއެމްތައް ގިނަކުރުމުން ބޭންކަށް ވަންނަ ފައިސާ އިތުރުވެއްޖެ: ޝަރީފް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފެށުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ސަބަބުން ލިބޭ ފައިދާ ބޮޑު ކަމަށާއި، އޭޓީއެމް ގިނަކުރުމާ އެކު ބޭންކަށް ވަންނަ ފައިސާ ވެސް މިހާރު އިތުރުވާކަން ފާހަގަކުރެވޭ ކަމަށް، އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

މިކަން ޝަރީފް ފާހަގަކުރެއްވީ، ބ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދޭން ފެށުމާ ގުޅިގެންނެވެ. އޭނާ ވިދާޅުވީ މިއީ ބ. އަތޮޅަށް ތާރީޚީ ދުވަހެއް ކަމަށާއި، މިހާތަނަށް އޭޓީއެމްގެ ހިދުމަތް ނުދެވި އޮތް 10 ރަށުގައި އެ ހިދުމަތް ދޭން ފެށުމާއެކު މުޅި އަތޮޅުގައި މިހާރު އެ ހިދުމަތް ގާއިމްކޮށްފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދާ އެކު ”މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް“ ނަމުގައި ބީއެމްއެލުން ފެށި ހާއްސަ މަޝްރޫއުގެ ދަށުން، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ފުރިހަމަކުރި ލަނޑުދަނޑިއެއް ކަމަށެވެ.

ރާއްޖޭގައި އޭޓީއެމްގެ ހިދުމަތް ދޭން ފެށިތާ 25 އަހަރުވީ އިރުވެސް، މީހުން ދިރިއުޅޭ ގިނަ ރަށްރަށުގައި އެ ހިދުމަތް ގާއިމްކޮށްފައި ނެތުމުން، ރައްޔިތުންނަށް އަސާސީ ބޭންކިންގެ ހިދުމަތް ހޯދުމަށް ގިނަ ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ޝަރީފް ފާހަގަކުރެއްވި އެވެ.

އެގޮތުން ހަރަދުކޮށްފައި އެހެން ރަށަކަށް ދަތުރުކުރަން ނުވަތަ ބޭންކުގެ ދޯނި ދާ ދުވަހަކަށް ނުވަތަ މުވައްޒަފުން ދަންދެން ރަށުގައި މަޑުކުރަން ޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.

ރައީސް މުއިއްޒުގެ އުންމީދަކަށް ވީ، ކޮންމެ އަތޮޅެއްގެ ކޮންމެ ރަށެއްގައި ތިބެގެން ވެސް މާލީ ނިޒާމުގައި ބައިވެރިވުމުގެ ފުރުސަތު ރައްޔިތުންނަށް އޮތުން ކަމަށް ޝަރީފް ވިދާޅުވި އެވެ.

”ދަތުރުކުރަން ނުޖެހި ބޭނުން ވަގުތަކު އަސާސީ ބޭންކިން ލިބޭނެ މަގުފަހިވެފައި އޮތުން،“ ޝަރީފް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ”އާދެ މި މަސައްކަތަކީ ދިވެހި ސަރުކާރުގެ ވަރަށް ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމާއެކު ބޭންކް އޮފް މޯލްޑިވްސް އާއި ދިވެހި ސަރުކާރު ގުޅިގެން ހިންގާ ބޮޑު ބިޔަ މަޝްރޫއެއް. މި ފުރުސަތުގައި ހުރިހާ ރައްޔިތުންނާ ގާތަށް މާލީ ހިދުމަތްތައް ގެންދިއުމަށް ބޭންކުން ފަށާފައިވާ ޕްރޮޖެކްޓަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހައްމިއްޔަތުކަން ފާހަގަކޮށް އެމަނިކުފާނަށް ޝުކުރު ދަންނަވަން.“ ކަމަށެވެ.

ޝަރީފް ވަނީ އެ މަސައްކަތަށް އެއްބާރުލުން ދޭ ސަރުކާރުގެ މިނިސްޓްރީތަކާއި ކައުންސިލްތަކާއި ބޭންކުގެ މުވައްޒަފުންނަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ.

މިދިޔަ ނޮވެމްބަރު މަހު ފެށި މި މަސައްކަތުގެ ދަށުން މި އަހަރުގެ މިހާތަނަށް 47 ރަށެއްގައި އަލަށް އޭޓީއެމްގެ ހިދުމަތް ފަށާފައިވާ ކަމަށާއި މިހާރު ރާއްޖޭގެ ހަތް އަތޮޅެއްގެ ހުރިހާ ރަށެއްގައި އެ ހިދުމަތް ގާއިމްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދޭ އަތޮޅުތަކަކީ ހއ، ށ، ނ، ކ، މ، ދ އަދި ބ. އަތޮޅެވެ. މި ވަގުތު އިތުރު ފަސް އަތޮޅެއްގެ 23 ރަށެއްގައި އޭޓީއެމް ހިދުމަތް ފެށުމަށް ވަނީ ތައްޔާރުވެފަ އެވެ. ބާކީ ހަތް އަތޮޅުގެ 33 ރަށުގައި ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި އޭޓީއެމްގެ ހިދުމަތް ފަށާނެ އެވެ.

ޝަރީފް ވިދާޅުވީ އޭޓީއެމުން ދޭ ހިދުމަތަކީ ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް އަސާސީ ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް އޮތް އެންމެ ފުރިހަމަ އެއް ވަސީލަތް ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، އޭޓީއެމްގެ ބޭނުންތެރިކަން މާލޭގައި ގާއިމްކޮށްފައިވާ އޭޓީއެމްތަކުން ކުރާ މުއާމަލާތްތަކުގެ އަދަދުންނާއި އޭޓީއެމް ބޭނުންކުރުމަށް ކޮންމެ ވަގުތަކު ކޮންމެ އޭޓީއެމް ސެންޓަރެއްގެ ކިޔުއަށް ބަލާލުމުން ވެސް ފެންނަ ކަމަށެވެ. މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އޭޓީއެމްގެ ހިދުމަތް މިހާ ބޭނުންތެރި ހިދުމަތަކަށް ވެފައި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އެ ހިދުމަތް ބޭނުންތެރި ހިދުމަތަކަށް ނުވާންވީ ސަބަބެއް ގަބޫލެއް ނުކުރެއްވޭ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ރާއްޖޭގައި ނަގުދު ފައިސާ ބޭނުންކުރުން އެއްކޮށް ހުއްޓާލަންދެން އޭޓީއެމް ހިދުމަތް ނުދީ ތިބެން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ބޭނުންވަނީ ތަފާތުކުރުމެއް ނެތި، މާލެއެކޭ އެއްފަދައިން ބޭންކުގެ ހިދުމަތްތައް ހުރިހާ ރަށެއްގައި ވެސް ގާއިމްކުރުމަށް ކަމަށެވެ.

ނަގުދު ފައިސާއާ ގުޅުންހުރި ހިދުމަތްތަކުގެ އިތުރުން ބޭންކުގެ ޑިޖިޓަލް ބޭންކިން ހިދުމަތްތަކުން ވެސް ކަސްޓަމަރުންނަށް ވަރަށް ބޮޑު ލުއި ފަސޭހަ ކަމެއް ގެނެސްދީފައިވާ ކަމަށާއި މިހާރު ވެސް ބީއެމްއެލްގެ 99.7 ޕަސެންޓް މުއާމަލާތްތައް ހިންގަނީ ޑިޖިޓަލްކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭޓީއެމް މަޝްރޫއުގެ ސަބަބުން ބޭންކަށް ވެސް މުހިންމު ފައިދާތަކެއް ލިބޭ ކަމަށް ޝަރީފް ފާހަގަކުރެއްވި އެވެ.

”މިގޮތުން މި ހިދުމަތާއެކު ބޭންކުގެ ބްރާންޗް ކައުންޓަރުން ހިދުމަތް ހޯދާ ކަސްޓަމަރުން އަންނަނީ މަދުވަމުން. އެހެންކަމުން މުވައްޒަފުންނަށް ކަސްޓަމަރުންގެ ގާތަށް ގޮސް ބޭންކުގެ އެހެނިހެން ހިދުމަތުގެ މައުލޫމާތު ދީ ބޭންކިން ނިޒާމަށް މީހުން އަހުލުވެރިކުރުމަށް މަސައްކަތްތައް ކުރެވޭނެ،“ އޭނާ ވިދާޅުވި އެވެ.

”އަދި އޭޓީއެމް މެދުވެރިކޮށް ބޭންކަށް ވަންނަ ފައިސާ އިތުރުވަމުން އަންނަކަން ވެސް ފާހަގަކުރަން. މިއީ ގިނަ ރައްޔިތުންތަކެއް މާލީ ނިޒާމުގައި ބައިވެރިވަމުންދާ ކަމުގެ ހެއްކެއް.“

އަމާޒަކީ އެއްވެސް ރައްޔިތަކު ބާކީނުކޮށް، ހުރިހާ ރައްޔިތުންނަށް ހިދުމަތް ދިނުން ކަމަށް ޝަރީފް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އޭޓީއެމް ހަމައެކަނި ހުންނަން ޖެހޭނީ ވަކި ރަށްރަށެއްގައި ކަމަށް މިއަދު ދިވެހިން ގަބޫލެއް ނުކުރާނެ ކަމަށެވެ.

”ގަދަ ވިއްސާރައިގައި ކަނޑު ހުރަސްކޮށް އެހެން ރަށަކަށް ދާން ޖެހުމަކީ ނުހަނު ބޮޑު ބުރައެއް. އަޅުގަނޑުމެން ބޭނުންވަނީ މިކަން ނިމުމަކަށް ގެނެސް މާލީ ކުރިއެރުމުގައި ހުރިހާ ރައްޔިތުން ވެސް ބައިވެރިކުރުވަން،“ ޝަރީފް ވިދާޅުވެފައިވެ އެވެ.

11 Comments

  • Mohamed Latheef އޯގަސްޓް 14, 2025

    FUVAHMULAKAH VAUDHUVI USD ATM ADHIVES NULIBEY

  • Ibrahim Thoif އޯގަސްޓް 14, 2025

    Dhivehin felaa bank

  • Madheeha Hassan އޯގަސްޓް 14, 2025

    Banking gelley bayah vaanee kihineba

  • Ali Nahida އޯގަސްޓް 14, 2025

    Raajje in beyru ge ATM in faisaa negeema 204 rufiyaa kadaalaa mi negenee 125 dollar ge laari eya heyonuvaane 204 rufiyaa kadaaka

  • Ram Eez އޯގަސްޓް 14, 2025

    އަހަރެންގެ ބެންކު ދިވެހިންގެ ބެންކު

  • Abraham Lincan އޯގަސްޓް 14, 2025

    Ekamu withdraw ginaee

  • Ahmed Halaf އޯގަސްޓް 14, 2025

    Konme goachehga thi haru kuraani ehnun anehkaa

  • آصف محمد އޯގަސްޓް 14, 2025

    Hama ekani faisaa jamaa kuraa machine dho behettee?😁

  • Marie Moosa އޯގަސްޓް 14, 2025

    Gina ATM thakuge hidhmatheh nulibey

  • Monaj Mon އޯގަސްޓް 15, 2025

    Kalo kazzaabu bunee dhw thihen bune social media ga thivaahaka fathuran?

  • Hassan Saeed އޯގަސްޓް 15, 2025

    Atm tha laari hodhan masakkathu dhany. Vagun

Leave a Reply to آصف محمد Cancel reply