ރާއްޖޭގެ ތަރައްގީގައި އިންޑިއާއަކީ އެންމެ އިތުބާރުކުރެވޭ އެއް ބައިވެރިޔާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ އިންޑިއާގެ 79 ވަނަ މިނިވަން ދުވަހާ ގުޅިގެން އެގައުމަށް ތަހުނިޔާ ވިދާޅުވަމުންނެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް ދުރޫޕަދީ މުރުމޫ އާއި އެގައުމުގެ ހުރިހާ ރައްޔިތުންނަށް މިނިވަން ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އިންޑިއާއަށް އިތުރު ކާމިޔާބީތައް ލިބުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ދެ ގައުމުގެ ރައްޔިތުންގެ ގުޅުމާއި ތަރައްގީގެ ގިނަ ޕްރޮޖެކްޓްތަކަކީ ދެ ގައުމު ދެމެދު އޮތް ވަރުގަދަ ގުޅުމުގެ ރަމްޒެއް ކަމަށެވެ.
ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައިވެ އެވެ. އެ ދަތުރުފުޅާއެކު ދެ ގައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
ބޮޑުވަޒީރު މޯދީގެ ރާއްޖެ ދަތުރުފުޅުގައި މުހިއްމު ހަތަރު އެމްއޯޔޫއަކާއި ތިން އެއްބަސްވުމެއްގައި ދެ ގައުމުން ވަނީ ސޮއިކޮށްފަ އެވެ. މީގެ އިތުރުން ރާއްޖެއާ އެކު ފްރީ ޓްރޭޑް އެގްރީމެންޓެއް (އެފްޓީއޭ) ހެދުމުގެ މަޝްވަރާތައް ފެށިކަން ވެސް އިއުލާނު ކުރެއްވިއެވެ.
ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި 565 މިލިއަން ޑޮލަރު (8.7 ބިލިއަން ރުފިޔާ) ގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) އެއް ހިމެނެ އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާ އެކު އިންޑިއާއިން ހަދާފައިވާ އެލްއޯސީ އެއްބަސްވުންތަކުގެ ފައިސާ އަނބުރާ ދެއްކުމުގައި ވެސް ލުއިތަކެއް ދީފައިވެ އެވެ.




2 Comments
ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި