އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުން އަބްދުﷲ މާހިލް ޝަހީމް ވޭޕް ސާމާނު ގައިގައި ބަނދެގެން ރާއްޖެއަށް އެތެރިކުރި ކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށް ޝަހީމް ވިިދާޅުވެއްޖެއެވެ.
އަދަދު ނޫހުގައި ޝާއިޢުކޮށްފައިވާ ހަބަރެއްގައި ބުނެފައިވަނީ، މާހިލް ރާއްޖެއަށް އައިއިރު، ވޭޕް ކުރާ ސާމާނުތަކެއް ރާއްޖެއަށް އެތެރެކުރަން އުޅުމުން ކަސްޓަމްސްއިން ހިފެހެއްޓި ކަމަށެވެ. އަދި ވޭޕް ކުރާ ސާމާނު ފެނުނީ މާހިލް ރާއްޖެއަށް އައިއިރު ގެނައި ލަގެޖާއި ހަށިގަނޑުން ކަމަށެވެ.
ހަބަރުގައި އިތުރަށް ބުނެފައިވަނީ، މާހިލް އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ އަރުވާ ޔޫތު އެޑްވައިޒަރީ ބޯޑުގެ މެންބަރެއް ކަމަށާއި، އޭނާއަކީ ހާރިޖީ ވުޒާރާގެ މަގާމެއް ވެސް ފުރުއްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ.
ނަމަވެސް އެ ހަބަރު ދޮގުކުރައްވާ ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގައިގައި ވޭޕް ސާމާނު ބަނދެގެން އެތެރި ކުރި ކަމަށް ބުނެ ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމަކީ ވަރަށް ދެރަކަމެއް ކަމަށެވެ.
އަދި މާހިލް އަކީ މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީގައި ވަޒީފާގެ ހުންނަ މީހެއް ނޫން ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
މި ޚަބަރަކީ ހަގީގަތެއް ނޫން ކަމަށް ވިދާޅުވަމުން، ވަޒީރު ޑރ. ޝަހީމް ވަނީ ހަބަރު ރަނގަޅުކުރުމަށްވެސް ”އަދަދު ނޫހު“ އަށް އެދިވަޑައިގަންނަވާފައެވެ.




15 Comments
ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި