އޮކްޓޯބަރ 13, 2025

ރިޝްވަތު ދިން ވާހަކަ ދޮގުކޮށް ޔާމީން ގޮވައިގެން މައުމޫން ކޯޓަށް ދާން ވިސްނަވަނީ

ފެބްރުއަރީ 1, 2018 ގައި އެއްބަފާ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކުރަން ޖެހުނީ ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުން ކަމަށް ވިދާޅުވެ, ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަފުޅު ރައީސް މައުމޫން ދޮގު ކުރައްވައިފި އެވެ.

އަދަދު ނޫހުގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގައި މައުމޫންގެ އިތުރުން އެ މަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫންވެސް ބައިވެރިވި ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އަދި ރިޝްވަތު ދިނުމަށް ފައިސާ ހޯދީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުالله ޖާބިރުގެ އަތުން ކަމަށްވެސް ވިދާޅުވި އެވެ.

އެ ވާހަކަތައް ދޮގު ކުރައްވައި މައުމޫން ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ, އެ މަނިކުފާނުގެ ނަންފުޅު ކިލަނބުކުރުމުގެ ގޮތުން ޔާމީން ދައްކަވާފައިވަނީ ’ދަށު ދަރަޖައިގެ‘ ވާހަކަތަކެއް ކަމަށެވެ. އަދި 1 ފެބްރުއަރީ ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ، އެ މަނިކުފާނާ އެއްވެސް ގުޅުން ހުރި ކަމެއް ނޫން ކަމަށްވެސް މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ, ސުޕްރީމް ކޯޓުން އަމުރެއް ހޯދުމަށް ނުވަތަ އެ ނޫން ނިންމުމެއް ނިންމުމަށް ފަނޑިޔާރުންނަށް ރިޝްވަރު ދިނުމުގެ އެއްވެސް ޢަމަލެއް ދުވަހަކުވެސް ކުރައްވާފައިނުވާ ކަމަށެވެ.

”ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވާފައިވާ ފަރާތަކުން, ކުޑަވެސް ހަގީގަތެއް އެކުލެވިގެންނުވާ މިފަދަ ދޮގު ވާހަކަތައް މުޖުތަމައުގައި ފަތުރަމުން ގެންދިއުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި ދެކެމެވެ. ރައީސް ޔާމީންގެ މި ވާހަކަތަކާ ގުޅިގެން ގާނޫނީ ގޮތުން އެޅެންހުރި ފިޔަވަޅުތައް އެޅުމުގެ ކަންކަން ކުރިއަށް ގެންދިއުމާމެދު ރައީސް މައުމޫން ގެންދަވަނީ ވިސްނަވާ ވަޑައިގަންނަވަމުންނެވެ,“ މައުމޫން ވިދާޅުވި އެވެ.

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ހުކުމް ކުރީ އޭރު ބަންދުގައި ތިބި އިދިކޮޅު ސިޔާސީ ލީޑަރުންނާއި ނުވަ ގައިދީއަކު ދޫކޮށްލުމަށާއި ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ.

އެ އަމުރާއެކު 5 ފެބްރުއަރީ 2018ގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް, އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުالله ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި އެވެ. މައުމޫންވެސް ހައްޔަރުކުރީ އެ ދުވަހުއެވެ. އަދި އެ މަނިކުފާނު ތަހުގީގަށް ފޯނު ނުދެއްވި މައްސަލައިގައި އެއް އަހަރާއި ހަތް މަހަށް ޖަލަށްވެސްލި އެވެ.

5 Comments

  • Shameen Jihad އޯގަސްޓް 16, 2025

    ބައްލަވާ މަނިކޮފާން އެއްބަފާ ކޮއްކޯފުޅު ގޮވައިގެން ކޯޓަށްދާން ލަދެއް ނުގަނޭތަ؟…😶

    • Moona Moony އޯގަސްޓް 16, 2025

      Shameen Jihad kokkoafulhu ge massaiykathun beybeyfulhu jaluga onnan jehuneema koafaavefa hunnevee

  • Maznee Mahmoodh އޯގަސްޓް 16, 2025

    Maumoon kurimathi laanvee 2028 ge inthihaabah.

  • Ram Eez އޯގަސްޓް 16, 2025

    ބޮޑު ދެގެރި ތަޅަންޏާ ކައްގަލަށް ބާރުކުރާނެ

  • Ahmed Mausoom އޯގަސްޓް 16, 2025

    انساف އާއި އަދި ހަމަޔާ حق ހޯދާ. قاءم ކުރުމުގާ މަންމަ އެއް ބައްޕަ އެއް ކާފަ އެއް ދަރިއެއް ނޯވޭމެ. ދޮގާ މަކަރާ حيلة ތެރި ކަމުގެ ތެރެއިންމެ. އަނެކާ اصلاح ވުމައް ލިބެވި ދާ فرصة އެއްމެ شريعة قاام ކުރުމީ. ހެކާ قريناޔާއެކުމެ. انساف ގެ ميزان ފުދި އިތުރުވެ ދޭމެޔޭ.معاف ކޮށް ދޫކޮއްލުމީ حق ލިބި ދެވިފާވާ މީހާގެ މައްޗައް ހުޅުވާލެވި ފާމެވާމެ. الهي فرصة އެއްމެ.

Leave a Reply to Shameen Jihad Cancel reply