ކައުންސިލްތަކަށް ލިބިދީފައި އޮތް ގިނަ ބާރުތައް ހަނިކޮށް ފާސް ކުރި އިސްލާހުތަކަށް ތާއީދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުތަކަށް ތާއީދުކޮށް ގާސިމް ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދިނުމަށާއި ތަރައްގީގެ މަޝްރޫއު ހިންގުމަށާއި މުވައްޒަފުން ނެގުމަށް ކައުންސިލުތަކަށް ލިބިދީފައިވާ ބާރުތައް އަތުލައި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކަކީ ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ މުހިންމު އިސްލާހުތަކެއް ކަމަށެވެ.
”އަޅުގަނޑު ދެކޭ ގޮތުގައި ލާމަރުކަޒީ ގާނޫނަށް ގެނައި މި އިސްލާހުތަކަކީ ވަރަށް މުހިންމު އިސްލާހުތަކެއް. މިއަދު ހާލަތާ ގުޅިގެން ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ އިސްލާހުތަކެއް ކަމުގައި ދަންނަވާލަން ބޭނުން،“ ގާސިމް ވިދާޅުވި އެވެ.
”އަޅުގަނޑު ވެސް ގަބޫލު ކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ފަދައިން މި އިސްލާހުތަކަކީ، އެ ނިޒާމު ’ހަރުދަނާ ކުރުމަށް، ޗެމްޕިއަން ކުރުމަށް‘ ގެންނަންޖެހޭ އިސްލާހުތަކެއް ކަމަށް. މިސާލަކަށް ކުރިއަށް އޮންނަ އިންތިހާބަށް ދިމާކޮށް ސިޔާސީ ބޭނުމަށް ރަށްރަށުގެ ބިންތައް ދޫކޮށް ގިނަ އަދަދަކަށް މުވައްޒަފުން ނަގާނެ ފުރުސަތު އޮވެގެން ނުވާނެ،“
ގާސިމް ވިދާޅުވީ ރާއްޖެއަކީ ޔުނިޓަރީ ގައުމެއް ކަމަށްވާއިރު ލާމަރުކަޒީ ގާނޫނު ކުރިން އޮތް ގޮތުން ބޮޑަށް އޮތީ ފެޑެރަލް ނިޒާމެއްގެ ސިފަތަކެއް ކަމަށެވެ.
ގާނޫނާއެކު ފެޑެރަލް ވިސްނުން ބައެއް ފަރާތްތަކަށް އަންނަކަމަކީ ވެސް ހަގީގަތެއް. އާންމުކޮށް ސަރުކާރާ އިދިކޮޅަށް އޮންނަ ޕާޓީތަކުން އެފަދަ ވާހަކަތައް ޕްރޮމޯޓް ކުރާކަން ވެސް ފާހަކަ ކުރެވޭ،“ ގާސިމް ވިދާޅުވި އެވެ.




5 Comments
ގުޅުންހުރި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް:
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް
ފިކުރީ މުދާ ހިމާޔަތްކުރާ އޮފީސް އުފައްދައިފި
”ޕްރޮޖެކްޓް އައިލާ“ ގެ ނަމުގައި ”ސަސްޓެއިނަބަލް ޓައުންޝިޕް“ އެއްގެ ގޮތުގައި އެސްއީޒެޑްއެއް
މިމަހު އެކަނިވެސް 96 މަސާޖު ޕާލާ ބަންދުކޮށްފި